ބީލަން


ހުޅުވާލެވިފައިވާ ބީލަންތައް

އިޢުލާން ނަންބަރުޕްރޮޖެކްޓް ނަންބަރުމަސައްކަތްމަޢުލޫމާތު ދިނުންބީލަން ހުށައެޅުން
(IUL)227-ID/227/2019/18PC-227/2019/G-08ކޮމްޕިއުޓަރ އަދި ފޯން ނެޓްވޯކް އަޕްގްރޭޑްކުރުމަށް ބޭނުންވާ ތަކެތި ސަޕްލައިކޮށްދިނުން20/10/201927/10/2019

ބީލަމުގެ މަޢުލޫމާތު ކަރުދާސް

ބީލަން ހުށައެޅިފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ތަފްޞީލު

ބީލަމާއި ގުޅިގެން ޝަކުވާ ހުށައެޅުން

ބީލަމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ދަޢުލަތުގެ މާލިއްޔަތު ޤަވާޢިދުގައި ބުނެފައިވާ ގޮތް ނޫން އެހެންގޮތަކަށް ނުވަތަ ޤަވާޢިދާއި ޚިލާފަށް ކަމެއް ކޮށްފައިވާކަމަށް ފެނިލައްވާނަމަ އަދި އެފަދަ ކަމަކުން ބީލަމުގައި ބައިވެރިވެފައިވާ އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބޭނެކަމަށް ނުވަތަ ގެއްލުމެއް ލިބިއްޖެކަމަށް އެފަރާތަކަށް ފެނިއްލައްވައިފިނަމަ، ތިރީގައި މިވާގޮތުގެ މަތީން މައްސަލަ ބެލުމަށް ހުށައެޅިދާނެއެވެ.

(ހ) ބީލަމެއް ވަކިފަރާތަކާއި ޙަވާލުކުރުމުގެ ކުރިން އެބީލަމަކާއި ގުޅިގެން މައްސަލައެއް އޮތްނަމަ، އެމައްސަލައެއް މިއިދާރާގެ ޕްރޮކިއުމަންޓް އޮފިސަރަށް ލިޔުމުން،  މާލިއްޔަތާބެހޭ ސަރކިއުލަރގެ ޖަދުވަލު 18ގައިވާ PR-14 ފޯމުން ހުށައެޅުން

(ށ) ހުށައެޅުނު މައްސަލައެއް، އެމައްސަލަ  ހުށައެޅި ފަރާތުން އަނބުރާ ގެންދިއުން ނުވަތަ މައްސަލަ ހުށައެޅިފަރާތާއި މައްސަލަ ރައްދުވާފަރާތުން ވާހަކަ ދައްކައިގެން އެމައްސަލައެއް ހައްލުނުކުރެވޭ ހިނދެއްގައި، ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރެވޭނެއެވެ

(ށ.1) އެ މައްސަލަ ހިނގާފައިވާ ގޮތް ވަޤުތުން ބަލަން ފެށުން

(ށ.2) މައްސަލަ ހުށައެޅޭ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން 14 ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމައި، މައްސަލަ ނިންމި ގޮތް ތިރީގައިވާ ގޮތުގެ މަތީން މާލިއްޔަތާބެހޭ ސަރކިއުލަރގެ ޖަދުވަލު 19 ގައިވާ PR-15 ފޯމުން މައްސަލަ ހުށައެޅިފަރާތަށް އެންގޭނެއެވެ.

(ށ.1.2) މައްސަލަ އެއްކޮށް ނުވަތަ މައްސަލައިގެ ބައެއް ޤަބޫލުކުރިކަން ނުވަތަ މައްސަލަ ޤަބޫލުނުކުރާކަން

(ށ.2.2) މައްސަލަ ނިންމި ގޮތް

(ށ.3.2) މައްސަލައިގައި ކަމެއް ރަނގަޅުކުރުމަށް ނިންމިނަމަ، އެކަމެއް ރަނގަޅުކުރުމުގެ ގޮތުން އަޅަން ނިންމި ފިޔަވަޅު

މަތިގައިވާ ގޮތުގެ މަތީން މިއިދާރާއިން މައްސަލަ ބަލައި ނިންމިގޮތާއި މެދު މައްސަލަ ހުށައެޅި ފަރާތުން ހިތްހަމަ ނުޖެހިއްޖެނަމަ މާލިއްޔަތާބެހޭ ސަރކިއުލަރގެ ޖަދުވަލު 19 ގައިވާ "ބީލަމަކާއި ގުޅިގެން މައްސަލަ ހުށައެޅުމާއި، ހުށައެޅޭ މައްސަލަތައް ބެލުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ 3.2ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެމައްސަލައެއް މިނިސްޓްރީ އޮފް ފިނޭންސްގައި އުފައްދާފައިވާ "ބީލަމުގެ މައްސަލަ އަލުން ބަލާ މުސްތަޤިއްލު ރިވިއު ކޮމެޓީ"އަށް ހުށައެޅިދާނެއެވެ.