logo

ކައުންސިލްގެ ތައާރަފް

ށ.ޅައިމަގުގައި ކުރަމުންއައި އަތޮޅުވެރިކަން 01 ޖެނުއަރީ 1968 އިން ފެށިގެން ށ.ފަރުކޮޅުފުނަދުއަށް ބަދަލު ކުރެއްވުމަށް އޭރުގެ ސަރުކާރުން ނިންމެވުމާއެކު ށ.އަތޮޅުއޮފީސް ހިނގަމުން ދިޔައީ ފުނަދޫގައެވެ. އެހާތަނުން ފެށިގެން އަތޮޅުއޮފީސް ހިނގަމުންދިޔައީ އެކަމަށްޓަކައި (މިހާރު ފުނަދޫ ޕޮލިސް ސްޓޭޝަން ހުރި ބިމުގައި) ވަރަށް އާދައިގެ ގޮތަކަށް ހެދިފައިހުރި ޢިމާރާތެއްގައެވެ. ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އަތޮޅުއޮފީސް ހިންގުމަށް ޢިމާރާތް ކުރެވުނު (މިހާރު އިދާރާ ހިންގަމުންދާ) ޢިމާރާތުގައި އޮފީސް ހިންގަންފެށިފައިވަނީ 14 މާރޗް 1997 ގައެވެ. މިއަށްފަހު 2009 ވަނަ އަހަރުގެ އޮކްޓޯބަރ 26 އިން ފެށިގެން އަތޮޅުއޮފީސް ށ.މިލަންދުއަށް އޭރުގެ ސަރުކާރުން ބަދަލު ކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާއިބެހޭ ޤާނޫނުގައިވާ ގޮތުގެމަތީން ކައުންސިލްތައް އުފެދި، ށ.އަތޮޅު ކައުންސިލްގެ މަސައްކަތް، 26 ފެބްރުއަރީ 2011 ގައި ފެށުނު ހިސާބުން ފެށިގެން އިދާރާގެ މަސައްކަތް ހިންގަމުން އަންނަނީ ޤާނޫނުގައި ބުނެފައިވާ ފަދައިން، ށ.ފުނަދޫގައި ކުރިން އަތޮޅުއޮފީސް ހިންގި ޢިމާރާތުގައެވެ.

ކައުންސިލްގެ މަސްޢޫލިއްޔަތުތަކާއި ބާރުތައް

މިލަދުންމަޑަލު އުތުރުބުރީ އަކީ އިސްލާމްދީނަށް ލޯބިކުރާ، ވިޔަވަތިކަމާއިއެކު ފާގަތި ދިރިއުޅުމަކަށް ފުރުޞަތު ފަހި ރައްޔިތަކު ދިރިއުޅޭ ރައްކާތެރި އަތޮޅަކަށްވުން.މިލަދުންމަޑަލު އުތުރުބުރީ އަކީ އިސްލާމްދީނަށް ލޯބިކުރާ، ވިޔަވަތިކަމާއިއެކު ފާގަތި ދިރިއުޅުމަކަށް ފުރުޞަތު ފަހި ރައްޔިތަކު ދިރިއުޅޭ ރައްކާތެރި އަތޮޅަކަށްވުން.

ތަޞައްވުރު

މިލަދުންމަޑަލު އުތުރުބުރީ އަކީ އިސްލާމްދީނަށް ލޯބިކުރާ، ވިޔަވަތިކަމާއިއެކު ފާގަތި ދިރިއުޅުމަކަށް ފުރުޞަތު ފަހި ރައްޔިތަކު ދިރިއުޅޭ ރައްކާތެރި އަތޮޅަކަށްވުން.

މިޝަން

ސުލްޙަ މަސަލަސްކަމަށް ލޯބިކުރާ ކުށްމަދު އިސްލާމްދީނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުން.

ކައުންސިލްގެ ކާމިޔާބީތައް