ށ. މިލަންދޫ
މިރަށަކީ މިއަތޮޅު މާކަނޑޫދޫގައި ތިމާވެށީގެ ގޮތުން ހުރި ދަތި އުނދަގޫތަކެއްގެ ސަބަބުން އެރަށުގައި ދިރިއުޅުނު މީހުން އާބާދުކޮށްފައިވާ ރަށެވެ. ރަށުގެ މީހުން އާންމުކޮށް ކުރާ މަސައްކަތަކީ ދަނޑުވެރިކަމެވެ. ރަށުގައި "ސިކުނޑި ކުޅި" ކިޔާ ކުޅިއެއް އޮވެއެވެ. މުޅިއަތޮޅުންވެސް ސިކުނޑި ލިބެން ހުންނަނީ މިރަށުންނެވެ. ސިކުނޑިއަކީ ފަރުމަހުގެ މަސްވެރިކަމަށް ބޭނުންކުރާ އެމެކެވެ. ރާއްޖޭގެ އަތޮޅު ތަކުގައި އިމާރާތްކޮށްފައިވާ ސްކޫލްތަކުގެ ތެރެއިން އެންމެބޮޑު ސްކޫލުގެ ގޮތުގައި ފާހަގަކުރެވޭ ސްކޫލަކީ ށ. މިލަންދޫ ސްކޫލެވެ.
ރަށުގެ އާބާދީ
2693
ޕޯސްޓް ކޯޑު
03160
ބިމުގެ ބޮޑުމިން
131.1
މިރަށަކީ މިއަތޮޅު މާކަނޑޫދޫގައި ތިމާވެށީގެ ގޮތުން ހުރި ދަތި އުނދަގޫތަކެއްގެ ސަބަބުން އެރަށުގައި ދިރިއުޅުނު މީހުން އާބާދުކޮށްފައިވާ ރަށެވެ. މިގޮތުން 1997 ވަނަ އަހަރު ރާއްޖޭގެ މިނިސްޓަރ އޮފް އެޓޯލްސް އަބްދުالله ހަމީދު ށ.މާކަނޑޫދޫގެ ރައްޔިތުން އެހެން ތަނަކަށް ބަދަލުކުރުމުގެ މަޝްރޫއެއް ފެއްޓެވިއެވެ. އަދި 2004 ވަނަ އަހަރު ސުނާމީކާރިސާގައި މާކަނޑޫދޫއަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ އެކު، އާބާދުކުރުމުގެ މަސައްކަތް އަވަސްކުރި އެވެ. މިލަންދޫއަކީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ސަރުކާރުން ރަސްމީކޮށް އިޢުލާންކުރީ 20 މާޗް 2005 ގައެވެ. 2140 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ މި ރަށަކީ މިހާރު ށަވިޔަނި އަތޮޅުގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. މިލަންދޫ އޮންނަނީ މާކަނޑޫދޫ އާއި ނަލަންދޫއާ ދެމެދު ށަވިޔަނި އަތޮޅުގެ އިރުދެކުނުން 06°17′05"N 73°14′36"E ގައެވެ. 126 ހެކްޓަރުހިމެނޭ މިލަންދޫއަކީ އެ އަތޮޅުގެ އެންމެ ބޮޑު ރަށެވެ.
ރަށުގެ މީހުން އާންމުކޮށް ކުރާ މަސައްކަތަކީ ދަނޑުވެރިކަމެވެ. ރަށުގައި "ސިކުނޑި ކުޅި" ކިޔާ ކުޅިއެއް އޮވެއެވެ. މުޅިއަތޮޅުންވެސް ސިކުނޑި ލިބެން ހުންނަނީ މިރަށުންނެވެ. ސިކުނޑިއަކީ ފަރުމަހުގެ މަސްވެރިކަމަށް ބޭނުންކުރާ އެމެކެވެ. ރާއްޖޭގެ އަތޮޅު ތަކުގައި އިމާރާތްކޮށްފައިވާ ސްކޫލްތަކުގެ ތެރެއިން އެންމެބޮޑު ސްކޫލުގެ ގޮތުގައި ފާހަގަކުރެވޭ ސްކޫލަކީ ށ. މިލަންދޫ ސްކޫލެވެ.