logo
fuel terminal

ށ. ނަރުދޫ (C8)

100 ސަތޭކަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ، އާދަޔާޚިލާފު ގަހެއް މިރަށުގައި ޙިމާޔަތް ކުރެވިފައި ހުރެއެވެ. މިގަހުގައި އާދަޔާޚިލާފު ކަމެއް ފާހަގަކުރެވިފައިވެއެވެ. އެހެން ގަސްތަކާ ޚިލާފަށް މިގަހުގެ ގޮތްޕެއް ކަނޑާލުމުން، ހުދުކުލައިގެ ކިރު ނުވަތަ ދިޔައިގެ ބަދަލުގައި މިގަހުން އަންނަނީ ރަތްކުލައިގެ ލޭ، ފާޑުގެ އެއްޗެކެވެ. މިރަށު މީހުން އެގަހަށް ކިޔަނީ "ނަންނޭނގޭ ގަސް"، މިހެންނެވެ.

ރަށުގެ އާބާދީ

686

ޕޯސްޓް ކޯޑު

03080

ބިމުގެ ބޮޑުމިން

43

ށ. ނަރުދޫ އަކީ ވެސް ދިވެހިރާއްޖޭގެ އުތުރުގައިވާ ށަވިޔަނީ އަތޮޅު (އިދާރީ ބަހާ) ގެ ތެރޭގައި ހިމެނޭ މީހުން ދިރިއުޅޭ ރަށެކެވެ.

ބޮޑުމިން: ކޯޑިނޭޓްސް: 6° 15′ 51″ N, 73° 13′ 04″ E

ބިމުގެ ބޮޑުމިން: 43 ހެކްޓަރު (≈ 0.43 ކިލޯމީޓަރު²)

ރަށުގެ ދިގުމިން: 0.85 ކިލޯމީޓަރު ފުޅާ މިން: 0.65 ކިލޯމީޓަރު

މާލެއާ ދެމެދު ހުންނަ ދުރުމިން: ގާތްގަނޑަކަށް 232 ކިލޯމީޓަރު

ށ.އަތޮޅުގެ ގިނަ ރަށްރަށެކޭ އެއްފަދައިން، މަސްވެރިކަމަކީ ވެސް މިރަށު މިހުން ދިރިއުޅުމަށް މުހިންމު މަސައްކަތެކެވެ. މީގެ އިތުރުން ދަނޑުވެރިކަން/ގެވެހި ދަނޑުވެރިކަމުން ވެސް މިރަށު މީހުންކޮށް އުޅެއެވެ. އަދި ޚާއްޞަކޮށް ރަމަޝާންމަހާއި ގުޅުވައިގެން މޫސުމީ ދަނޑުިވެރިކަން ފަހަކަށް އައިސް ފުޅާ ދާއިރާއެއްގައި މިރަށުގައި ކޮށްއުޅެއެވެ.

100 ސަތޭކަ އަހަރަށްވުރެ ގިނަދުވަސްވެފައިވާ، އާދަޔާޚިލާފު ގަހެއް މިރަށުގައި ޙިމާޔަތް ކުރެވިފައި ހުރެއެވެ. މިގަހުގައި އާދަޔާޚިލާފު ކަމެއް ފާހަގަކުރެވިފައިވެއެވެ. އެހެން ގަސްތަކާ ޚިލާފަށް މިގަހުގެ ގޮތްޕެއް ކަނޑާލުމުން، ހުދުކުލައިގެ ކިރު ނުވަތަ ދިޔައިގެ ބަދަލުގައި މިގަހުން އަންނަނީ ރަތްކުލައިގެ ލޭ، ފާޑުގެ އެއްޗެކެވެ. މިރަށު މީހުން އެގަހަށް ކިޔަނީ "ނަންނޭނގޭ ގަސް"، މިހެންނެވެ.

2022 ވަނަ އަހަރުގެ ގައުމީ ބޯހިމެނުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނަރުދޫގެ އާބާދީއަކީ 544 އެވެ (2014 ވަނަ އަހަރު 491 އިން މައްޗަށް ގޮސްފައި).

ރަޖިސްޓަރޑްދިރިއުޅޭބިދޭސީން

އިތުރު ރަށްތައް