logo

ދުވެލި ސްޕީޑްބޯޓުގެ ޙިދުމަތް

މިއީ، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ކަނޑާއި، އެއްގަމު އުޅަނދު ފަހަރު ބޭނުންކޮށްގެން ވިޔަފާރީގެ އުޞޫލުން އަދި ކައުންސިލަށް އާމްދަނީ ލިބޭނޭ ފަދަޔަކުން ކަންކަން ކުރުމަށްޓަކައި ކައުންސިލުން ކަނޑައަޅައި އެންމެހާ އުޞޫލުތަކާއި މިންގަނޑުތަކާއި ހަމަތައް ބަޔާންކުރާ އުޞޫލެ

ޒިންމާއުފުލާ ފަރާތް

މިވިޔަފާރި ހިންގާ ބެލެހެއްޓުމުގެ އުޞޫލުތައް ކަނޑައަޅާނީ އަތޮޅު ކައުންސިލުން ކަނޑައަޅާ “ދުވެލި ކޯޑިނޭޓިންގ ކޮމެޓީ” އިންނެވެ. އަދި މިކަމާއި ގުޅިގެން ކުރެވޭ ކަންކަން ވިލަރެސް ކުރުމަށް ކައުންސިލުން ކޯޑިނޭޓަރަކު އައްޔަންކުރާން ވާނެއެވެ.

މުދަލާއި ރައުސުލްމާލު

ޚިދުމަތް ދިނުން

ޚިދުމަތް ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދެވޭނީ އެކަމަށްއެދި އިދާރާއަށް ހުށަހެޅުމުން، އެޚިދުމަތަކަށް ކަނޑައެޅޭ އަގު ނުވަތަ ކޯޓޭޝަން އެޕްރޫވްކުރުމުންނެވެ. ކޯޓޭޝަންގައި ޚިދުމަތުގެ ފުރިހަމަ އަގާއި، އިތުރު ޗާޖުތަކާއި، ޕޭމަންޓް ޓަރމްސް ބަޔާން ކުރެވިފައި އޮންނަން ވާނެއެވެ.

ޚިދުމަތުގެއަގު ކަނޑައެޅުން

ޚިދުމަތްތަކުގެ އަގުކަނޑައަޅައި ޓެރިފް ތައްޔާރުކޮށް ކައުންސިލަށް ހުށަހަޅައި ފާސްކުރަންޖެހޭނެއެވެ. އަދި އެއަށްފަހު ތެލާއި ތަކެތީގެ އަގަށް އަންނަ ބަދަލުތަކަށް ބިނާކޮށް ޓެރިފްއަށް ބަދަލުގެންނަން ފެނިއްޖެނަމަ އެބަދަލުތައް ގެނައުމަށްޓަކައި ކޯޑިނޭޓިން ކޮމެޓީން ފާސްކޮށް ކައުންސިލަށް މަޢުލޫމާތު ދޭންވާނެއެވެ.

ހައިސްޕީޑް ލޯންޗާއި ދޯނީގައިކުރާ ކަނޑު ދަތުރުގެ އަގު ކަނޑައަޅާނީ ދަތުރުގެ ދިގުމިނާއި، މަޑުކުރުމަށް ކަނޑައަޅާ ވަގުތާއި ޙާލަތުގެ މައްޗަށެވެ. އަދި އެއްގަމު ދަތުރުގެ އަގު ކަނޑައަޅާނީ ޓްރާންސްޕޯރޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކާއި ޚިލާފުނުވާ ގޮތެއްގެ މަތިންނެވެ.

މާލީ އަދި އިދާރީ ކަންކަން

މި ވިޔަފާރިއަށް ލިބޭފައިސާ ޖަމާކުރާނީ އަތޮޅު ކައުންސިލް އިދާރާގެ ވިޔަވަތި ޓްރަސްޓް އެކައުންޓަށެވެ. މި ވިޔަފާރިން ލިބޭފައިސާ ބަލައިގަނެ އެކިފަރާތްތަކަށް ދޭންޖެހޭ ފައިސާ ދިނުމުގެ މަސައްކަތްކޮށް ކަމާއިގުޅޭ ހިސާބު ބަލަހައްޓާނީ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓުންނެވެ. އަދި ކަމާގުޅޭ އެންމެހައި އިދާރީ މުޢާމަލާތްތައް ހިންގަންވާނީ އިދާރާގެ ހިންގުމުގެ އުޞޫލުތަކާއި އެއްގޮތަށެވެ.

ހައިސްޕީޑް ލޯންޗާއި ދޯނީގައިކުރާ ކަނޑު ދަތުރުގެ އަގު ކަނޑައަޅާނީ ދަތުރުގެ ދިގުމިނާއި، މަޑުކުރުމަށް ކަނޑައަޅާ ވަގުތާއި ޙާލަތުގެ މައްޗަށެވެ. އަދި އެއްގަމު ދަތުރުގެ އަގު ކަނޑައަޅާނީ ޓްރާންސްޕޯރޓް އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކާއި ޚިލާފުނުވާ ގޮތެއްގެ މަތިންނެވެ.

ވިޔަފާރީގެ ފައިދާ އާއި ގެއްލުން ދެނެގަތުމަށްޓަކައި ކޮންމެ ތިން މަހަކުން ރިޕޯރޓެއް އެކުލަވާލުމަށްފަހު އަތޮޅުކައުންސިލަށް ހުށަހަޅަން ޖެހޭނެއެވެ. މިރިޕޯރޓް އެކުލަވާލާނީ މަސައްކަތް ޙަވާލުކުރެވިފައިވާ ޔުނިޓުންނެވެ. އަދި ކޮންމެ އަހަރެއް ނިމުމާއެކު ކޯރޑިނޭޓިންގ ކޮމެޓީގެ ފަރާތުން އިންޓަރނަލް އޮޑިޓެއްކޮށް އަހަރީ ރިޕޯރޓް އެކުލަވާލައި ކައުންސިލަށް ހުށަހަޅަން ވާނެއެވެ.

ވިޔަފާރީގައި ބޭނުންކުރާ އުޅަނދުފަހަރާއި ތަކެތި މަރާމާތުކޮށް ބެލެހެއްޓުމުގެ އިންތިޒާމާއި، ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރެވޭނެ އިންތިޒާމު، ޒިންމާއުފުލާ ފަރާތުން ރާވައި ބަލަހައްޓަން ވާނެއެވެ.

ދުވެލި ސްޕީޑްބޯޓުގެ ޙިދުމަތް