ވިޔަވަތި އިނާމު 2019


ތަޢާރަފް
މިއީ، ށ. އަތޮޅުގެ ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ޢިލްމީ ޤާބިލުކަން، އިތުރުކުރުމަށް ހިއްވަރު ދިނުމަށާއި، ޞިއްޙީ ދާއިރާއާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ދާއިރާގެ ޚިދުމަތްތެރިންނާއި، ދަރުމަވެރިންގެ އަގުވަޒަންކުރުމަށާއި، ހިންގުމުގެ ދާއިރާއިން މުއައްސަސާތަކަށް ހިތްވަރުދިނުމަށާއި، ދުނިޔޭގެ ފެންވަރުގައި ނުވަތަ ޤައުމީ ފެންވަރުގައި ކާމިޔާބީ ޙާޞިލުކުރާ ފަރާތްތަކަށް ޙައްޤު، ޝަރަފު ދިނުމަށް އެކުލަވާލެވިފައިވާ ސިޔާސަތެކެވެ.
މަޤުޞަދު
• އަތޮޅުގެ ޢިލްމީ ޤާބިލުކަން އިތުރުކުރުން
• އަތޮޅުގެ މުއައްސަސާތަކުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށް ދިނުމަށް ހިތްވަރު ދިނުން
• މަދަނީ ޚިދުމަތްތެރިންގެ ޚިދުމަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުން
• ދަރުމަވެރިން ކޮށްދެއްވާ ޚިދުމަތުގެ އަގު ވަޒަންކޮށް، ޚިދުމަތުގައި ދެމިތިބުމަށް ހިތްވަރު ދިނުން
• ރާއްޖެއާއި ދުނިޔޭގެ ފެންވަރުގައި މަތީ ކާމިޔާބީ ހޯދާ ފަރާތްތަކަށް ޝަރަފް އެރުވުން

ރަސްވަނި އިނާމު

• މިއިނާމު ދެވޭނީ ށ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ ތެރެއިން ތިރީގައިވާ އުސޫލުން މިންކުރުމުން އެންމެގިނަ ޕޮއިންޓް ހޯދާ 3 ރަށު ކައުންސިލަށެވެ.
 ކައުންސިލްގެ އަމިއްލަ މަސައްކަތުން ހޯދާފައިވާ އާމްދަނީ %15
 ޕާރފޯމަންސް އިންޑެކްސްއިން ލިބުނު ޖުމްލަ މާރކްސްއިން %20
 ރަށުކައުންސިލްތަކުގެ މޮނިޓަރިންއިން ލިބޭ މާރކްސްއިން %30
 މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިސަލްއަށް ލިބޭ މާރކްސްއިން %10

• މިބަޔަށް ޕޮއިންޓް ދެވޭނީ ވޭތުވެދިޔަ 3 އަހަރުގެ ސިވިލް ސަރވިސް ކޮމިޝަންނަށް ކައުންސިލްތަކުން ހުށައައަޅުއްވާފައިވާ ޕާރފޯމަންސް އެޕްރައިސަލް ރިޕޯޓަށް ބަލައިގެންނެވެ.
 އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އެކުލަވާލާފައިވާނަމަ %10
 ކައުންސިލުން ހިންގި ޙަރަކާތްތަކަށް %20 (އަހަރު ރިޕޯޓުގައި ހިމަނާފައިވާ ޙަރަކާތްތަކުގެ ޢަދަދަކީ %100 ކަމުގައި ބަލައިގެން)

އުޖާލާ ސްކޫލް

މި އިނާމު ދިނުމުގައި މިންކުރާނީ ތިރީގައިވާ ގޮތުގެމަތީންނެވެ.
• މިއިނާމަށް ނޮމިނޭޓްވާނީ، ފާއިތުވި 3 އަހަރުގެ ތެރެއިން ކޮންމެ އަހަރަކުވެސް ޖީސީ އޯ ލެވެލް ، އައި.ޖީ.ސީ.އެސް.ސީ އަދި އެސް.އެސް.ސީ އިމްތިހާނުތަކުގައި ބައިވެރިވި ށ.އަތޮޅުގެ ސުކޫލްތަކުގެ ތެރެއިން 5 މާއްދާއިން ފާސްވި ނިސްބަތް %50 އިން މަތިވުމާއެކު ، ފާއިތުވެ ދިޔަ 3 އަހަރު ފާސްވި ދަރިވަރުންގެ އެވްރެޖް %60 ޙާޞިލުކުރާ ސްކޫލުތަކެވެ.
• ސާނަވީ އިމްތިހާނު ތަކުގެ ބަޔަށް %70 (މިބަޔަށް މާކުސްދިނުމުގައި ބެންޗް މާރކެއްގޮތުގައި ބަލާނީ އެންމެ މަތި އިންސައްތަ ހޯދާ ސްކޫލެކެވެ)
• ޔުނީފޯމް ޙަރަކާތްތަކަށް %15 (ކެޑޭޓް، ސްކައުޓް، ގައިޑް ޙަރަކާތްތައް ހިންގާފައިވާ ނަމަ ޙަރަކާތަކަށް 5 ޕޮއިންޓް)
• ޤައުމީ އަދި އަތޮޅު ފެންވަރުގައި ބައިވެރިވި ޙަރަކާތްތަކަށް %10 (މިބަޔަށް މާކުސްދިނުމުގައި ބެންޗް މާރކެއްގޮތުގައި ބަލާނީ އެންމެ ގިނަ ޙަރަކާތްތަކުގައި ބައިވެރިވާ ޢަދަދަށެވެ.)
• ޤައުމީ އަދި އަތޮޅު ފެންވަރުގައި ސްކޫލުން ޙާޞިލުކޮށްފައިވާ ކާމިޔާބީތަކަށް %5 (މިބަޔަށް މާކުސްދިނުމުގައި ބެންޗް މާރކެއްގޮތުގައި ބަލާނީ ސްކޫލަށް ލިބޭ ކާމިޔާބީގެ ޢަދަދަށެވެ.)

ހިންގުންތެރި އަންހެނުންގެ ކޮމިޓީ

މިއެވޯޑަށް ހޮވޭނީ ށ. އަތޮޅުގެ ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ތެރެއިން ފާއިތުވި 3 އަހަރު ރަށަށް ކޮށްދީފައިވާ ޚިދުމަތްތަކާއި، ހިންގާފައިވާ ޙަރަކާތްތަކަށް ބަލައި އެންމެގިނަ ޕޮއިންޓް ހޯދާ އަންހެނުންގެ ކޮމިޓީއަކަށެވެ.
1 ވަނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އެންމެ ގިނަ ޕޮއިންޓް ހޯދާ ކޮމިޓީ)
މިބަޔަށް ޕޮއިންޓް ދެވޭނީ ތިރީގައި މިވާގޮތަށެވެ.
 ހިންގި ޙަރަކާތްތަކުގެ އަދަދަށް %50
 ބައިވެރިވި ޙަރަކާތްތަކުގެ އަދަދަށް %10
 ކޮމެޓީއިން ހޯދާފައިވާ އާމްދަނީއަށް %15
 ކޮމެޓީއިން ކޮށްފައިވާ ޚަރަދަށް %15
 ހޯދާފައިވާ ކާމިޔާބީއަށް %10

އަތޮޅުގެ އެންމެ ޙަރަކާތްތެރި ޖަމްޢިއްޔާ

މިއިނާމަށް ހޮވޭނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި ރަޖިސްޓްރީކޮށްގެން ހިންގާ ށ.އަތޮޅުގެ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ފާއިތުވި 3 އަހަރު ރަށަށް ނުވަތަ އަތޮޅަށް ކޮށްދީފައިވާ ޚިދުމަތްތަކާއި، ހިންގާފައިވާ ޙަރަކާތްތަކަށް ބަލައި އެންމެގިނަ ޕޮއިންޓް ހޯދާ 1 ޖަމްޢިއްޔާ އަކަށެވެ.
މިބަޔަށް ޕޮއިންޓް ދެވޭނީ ތިރީގައި މިވާގޮތަށެވެ.
• ހިންގި ޙަރަކާތްތަކުގެ އަދަދަށް %20
• ބައިވެރިވި ޙަރަކާތްތަކުގެ އަދަދަށް %20
• ހޯދާފައިވާ އާމްދަނީއަށް %25
• ރަށާއި އަތޮޅުގެ އިޖުތިމާޢީ ކުރިއެރުމަށް ކޮށްފައިވާ ޚަރަދަށް %25
• ރަށާއި، އަތޮޅު،ޤައުމީ ފެންވަރުގައި ހޯދާފައިވާ ކާމިޔާބީއަށް %10

އަތޮޅުގެ ކާމިޔާބު އެދުރު

މި އިނާމަށް ނަން ހުށަހެޅޭނީ ތިރީގައިވާ ޝަރުޠުތައް ހަމަވާ ފަރާތްތަކަށެވެ.
• ވޭތުވެދިޔަ 3އަހަރު ކޮންމެއަހަރަކު މަދުވެގެން %80 ޙާޟިރުވެފައިވުން.
• ވޭތުވެދިޔަ 3 އަހަރުގެ ތެރެއިން އަހަރަކު، މުދައްރިސަކު ކިޔަވައިދެއްވާ މާއްދާއަކުން އެމުދައްރިސަކު ކިޔަވައިދެއްވާ ކްލާހުގެ މަދުވެގެން %90 ދަރިވަރުން އޯޑިނަރީ ލެވެލް އަދި އެޑްވާންސް ލެވެލް އިމްތިޙާނުގައި ބައިވެރިވެ އޯޑިނަރީ ލެވެލް އިން "ސީ" ފާހުން ފެށިގެން މަތިން، އެޑްވާންސް ލެވެލް އިން "އީ" ފާހުން ފެށިގެން މަތި އަދި އެސް.އެސް.ސީ އާއި، އެޗް.އެސް.ސީ އިމްތިޙާނުން "ސީ" ފާހުން ފެށިގެން މަތީ މިންގަނޑަކުން %100 ފާސްކޮށްދީފައިވުން. (މިބައިން ހުށަހަޅާނީ އެމުދައްރިސަކު ބޭނުން 1 އަހަރުގެ ނަތީޖާއެވެ.)
• ކިޔަވައިދެއްވާ މާއްދާއިން ފާއިތުވި 3 އަހަރުގެތެރެއިން އަހަރެއްގައި ނުވަތަ އަހަރުތަކެއްގައި ދެ ޓާރމުގައިވެސް އެ މުދައްރިސަކު ގްރޭޑް 10 ނުވަތަ 12 ގައި ކިޔަވައިދެއްވާފައިވުން.
• ކްލާހެއް ކަމުގައި ބަލާނީ އަހަރުގެ ކިޔެވުން ފެށޭއިރު އެ ކްލާހެއްގެ ރަޖިސްޓްރީގައި ތިބޭ ދަރިވަރުންނެވެ. ޢަދަދު ބެލުމުގައި އެކިއެކި ސަބަބުތަކާހުރެ އަހަރު ނުނިންމާ ގްރޭޑް 10 ނުވަތަ 12ން ވަކިވާ ކުދިން ނުހިމެނޭނެއެވެ.
• ޕޮއިންޓްދިނުމުގައި ބަލާނެ ބައިތައް:
 އިމްތިޙާނުހެދި ދަރިވަރުންގެ ނިސްބަތަށް %30
 ޙާޟިރީގެ ނިސްބަތަށް %20
 ފާސްވި ގްރޭޑްތަކުގެ ނިސްބަތަށް %50

އަތޮޅުގެ ހީވާގި އެދުރު

މިއިނާމަށް ނަން ހުށަހެޅޭނީ ވޭތުވެދިޔަ 3 އަހަރު ށ.އަތޮޅު ސްކޫލްތަކުގައި ބޭބީ ނާސަރީން ފެށިގެން ކީ ސްޓޭޖް 4 އަށް (ގްރޭޑް 10 އަށް ކިޔަވައިދެއްވާ ޓީޗަރުން ފިޔަވައި) ކިޔަވައިދެއްވާ ށ.އަތޮޅުގެ ޓީޗަރުންނަށެވެ. މި އިނާމު ލިބޭނީ ތިރީގައިވާ ބައިތަކުން ދަށްވެގެން %50 ހޯދާ ފަރާތްތަކުގެ ތެރެއިން އެންމެމަތީ އިންސައްތަ ޙާޞިލްކުރާ މުދައްރިސަކަށެވެ. މިގޮތަށް ހޮވާނީ ތިރީގައިވާ ކޮންމެ ކީ ސްޓޭޖަކުން މުޅިއަތޮޅުން އެއް ޓީޗަރެކެވެ.
ކީ ސްޓޭޖްތައް
1- ޕްރީ ފައުންޑޭޝަން ސްޓޭޖް
2- ފައުންޑޭޝަން ސްޓޭޖް
3- ކީ ސްޓޭޖް 1
4- ކީ ސްޓޭޖް 2
5- ކީ ސްޓޭޖް 3
6- ކީ ސްޓޭޖް 4
ވަޒަންކުރުމުގައި ބަލާނެ ބައިތައް
 - ތަޢުލީމީ ފެންވަރަށް %30
 - ޙާޟިރީ އަށް %25
 - ސްޓާފް އެޕްރައިސަލް އަށް %30
 - ޚިދުމަތުގެ މުއްދަތަށް %15 (ޚިދުމަތުގެ މުއްދަތު ގުނާނީ ހަމައެކަނި ށ.އަތޮޅު ސްކޫލުތަކަށް ޚިދުމަތްކުރި މުއްދަތެވެ.)

އަތޮޅުގެ ޚިދުމަތްތެރި ނަރުސް

މިއިނާމަށް ނަން ހުށަހެޅޭނީ ވޭތުވެދިޔަ 3 އަހަރު ށ.އަތޮޅުހޮސްޕިޓަލްގަ އާއި ށ.އަތޮޅު ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ދިވެހިނަރުހުންނަށެވެ. މި އިނާމު ލިބޭނީ ނަންހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅޭ އުޞޫލުގެ ދަށުން އެންމެ ގިނަޕޮއިންޓް ލިބޭ 3 ނަރުހަކަށެވެ.

ވަޒަންކުރުމުގައި ބަލާނެ ބައިތައް
 - ތަޢުލީމީ ފެންވަރަށް %60
 - ޙާޟިރީ އަށް %10
 - ސްޓާފް އެޕްރައިސަލް އަށް %20
 - ޚިދުމަތުގެ މުއްދަތަށް %10 (ޚިދުމަތުގެ މުއްދަތު ގުނާނީ ހަމައެކަނި ށ.އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ އިދާރާތަކުގައި ޚިދުމަތްކުރި މުއްދަތެވެ.)

އަތޮޅުގެ ޚިދުމަތްތެރި ހެލްތުވޯކަރ

މިއިނާމަށް ނަން ހުށަހެޅޭނީ ވޭތުވެދިޔަ 3 އަހަރު ށ.އަތޮޅުހޮސްޕިޓަލްގަ އާއި ށ.އަތޮޅު ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ހެލްތު ވޯކަރުންނަށެވެ. މި އިނާމު ލިބޭނީ ނަންހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅޭ އުޞޫލުގެ ދަށުން އެންމެ ގިނަޕޮއިންޓް ލިބޭ 3 ހެލްތު ވޯކަރުންނަށެވެ.

ވަޒަންކުރުމުގައި ބަލާނެ ބައިތައް
 - ތަޢުލީމީ ފެންވަރަށް %60
 - ޙާޟިރީ އަށް %10
 - ސްޓާފް އެޕްރައިސަލް އަށް %20
 - ޚިދުމަތުގެ މުއްދަތަށް %10 (ޚިދުމަތުގެ މުއްދަތު ގުނާނީ ހަމައެކަނި ށ.އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ އިދާރާތަކުގައި ޚިދުމަތްކުރި މުއްދަތެވެ.)

އަތޮޅުގެ ދަރުމަވެރިޔާ

މިއިނާމަށް ނަން ހުށައެޅޭނީ ތިރީގައިވާ ދާއިރާ ތަކުގެ ތެރެއިން ނުވަތަ އެއްދާއިރާއަށްވުރެ ގިނަ ދާއިރާއަކުން އަތޮޅަށް މެދުނުކެނޑި 15 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކޮށްދީފައިވާ ށ. އަތޮޅުގެ ރައްޔިތުންނަށެވެ.
(ހ) ދިވެހިބޭސްވެރިކަމުގެ ދާއިރާ
(ށ) އިސްލާމްދީނަށް ޚިދުމަތްކުރުމުގެ ދާއިރާ
(ނ) ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ދާއިރާ
(ރ) ދިވެހިބަހާއި ސަގާފަތުގެ ދާއިރާ
(ބ) ރަށްވެހި ޚިދުމަތުގެ ދާއިރާ
(ޅ) ތިމާވެށީގެ ދާއިރާ
(ކ) ކިޔަވައި ދިނުމާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާ

އަތޮޅުގެ ނަމޫނާ މުވައްޒަފު

މިއިނާމަށް ނަން ހުށަހެޅޭނީ ށ.އަތޮޅުގެ މުވައްސަސާތަކުގައި މަސައްކަތްކުރާ ސިވިލްސަރވިސް މުވައްޒަފުންގެ ތެރެއިން ފަންނީ މުވައްޒަފުން (މުދައްރިސުން، ނަރުހުން،ހެލްތުވޯކަރުން) ފިޔަވައި، ސިވިލްސަރވިސްގެ އެހެން މުވައްޒަފުންނަށެވެ. އަދި މިއިނާމު ލިބޭނީ ތިރީގައިވާ ބައިތަކުން ދަށްވެގެން %60 ހޯދާ ފަރާތްތަކުގެ ތެރެއިން އެންމެމަތީ އިންސައްތަ ޙާޞިލްކުރާ 1 މުވައްޒަފަކަށެވެ.
 ތަޢުލީމީ ފެންވަރު
 ޙާޟިރީ
 ސްޓާފް އެޕްރައިސަލް
 ޚިދުމަތުގެ މުއްދަތު

ރާވެރިބޭ އިނާމު

މި އިނާމަށް ނަން ހުށައެޅޭނީ އަތޮޅާއި ރަށު ފެންވަރުގައި ތިރީގައި މިވާ ދާއިރާތަކުން އާންމު ރައްޔިތުންނަށް ލުއި ފަސޭހަ ގޮތަކަށް ޚިދުމަތް ދިނުމުގައި 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައިވާ ފަރާތަތަކުގެ ތެރެއިން ކޮންމެ ދާއިރާއަކުންވެސް އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށެވެ.
 ކުދި އަދި މެދުފަންތީގެ ވިޔަފާރި
 މަސްވެރިކަމުގެ ދާއިރާ
 ދަނޑުވެރިކަމުގެ ދާއިރާ
 ފަތުރުވެރިކަމުގެ ދާއިރާ
 ޢިމާރާތްކުރުމުގެ ދާއިރާ

މިބަޔަށް ހުށައެޅޭ ހުށައެޅުންތައް މިންކުރެވޭނީ ތިރީގައިވާ މިންގަނޑުންނެވެ.
• މެދު ނުކެނޑި ޚިދުމަތް ދެމުން ގެންދާ މުއްދަތަށް 50% (އެމީހެއްގެ ދިރިއުޅުމުގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި މަތީގައިވާ ދާއިރާއަކުން ޚިދުމަތްކުރި މުއްދަތު އެނގޭނެ ލިޔުމެއް އެރަށެއްގެ ރަށުކައުންސިލްއިން ނުވަތަ ދައުލަތުގެ ރަސްމީ އިދާރާއަކުން ފޯމާއިއެކު އެފަރާތަކުން ހުށައަޅަންވާނެއެވެ.)
• ސީއެސްއާރުއަށް ހޭދަކުރާ މިންވަރަށް 10%
• ރަޖިސްޓްރޭޝަން 40%
 އެއްވެސް ޓެކްސްއަކަށް ރަޖިސްޓްރީނުކޮށް ދެމުންގެންދާ ޚިދުމަތެއްނަމަ 10 ޕޮއިންޓް
 ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައި ވާނަމަ 20 ޕޮއިންޓް
 ބީ.ޕީ.ޓީ ދައްކާނަމަ 30 ޕޮއިންޓް
 ޕެންޝަން ފަންޑުގައި މުވައްޒަފުން ބައިވެރިކޮށްފައިވާނަމަ 10 ޕޮއިންޓް

އަތޮޅުގެ ޝަރަފުވެރި އިނާމު

މިއިނާމު ދެވޭނީ ރާއްޖެއާއި ރާއްޖޭންބޭރުގައި ޝަރަފުވެރި ވަނައެއް ޙާޞިލުކޮށްފައިވާ، ށ. އަތޮޅަށް ނިސްބަތްވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ދާއިރާތަކުން މިޝަރަފު އެރުވުމަށް ހޮވޭ ފަރާތްތަކަށެވެ. މި އިނާމު ދެވޭނީ މި އެވޯޑަށް ކުރިމަތިލާ ތިރީގައިވާ ޝަރުތު ހަމަވާ ފަރާތްތަކަށެވެ.
 ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި މުޅިރާއްޖެއަށް ހުޅުވާލައިގެން ނުވަތަ ދުނިޔޭގެ ފެންވަރުގައި ބާއްވާފައިވާ މުބާރާތަކުން 1 ވަނަ ޙާސިލު ކޮށްފައިވުން
 އިލްމީ ރޮނގުން ދުނިޔޭގެ ފެންވަރުގަ ނުވަތަ ޤައުމީ ފެންވަރުގެ ކޯސްތަކުން އެއްވަނަ ހޯދާ ފަރާތްތަކަށާއި ޕީ.އެޗް.ޑީ ހާޞިލުކުރާ ފަރާތްތަކަށެވެ.