logo

ވަޒީފާގެ ފުރުސަތު- ފާމަސީ އެސިސްޓެންޓް

ތަފްސީލް

މަޤާމް:

ފާމަސީއެސިސްޓެންޓް

އޮފީސް:

ށ.އަތޮޅުކައުންސިލްގެ އިދާރާ / ފުނަފަތި ފާމަސީ

މުސާރަ:

މަހަކު -/4000 ރުފިޔާ

ސަރވިސްއެލަވަންސް:

މަހަކު -/3000 ރުފިޔާ

އުޖޫރައާއިޢިނާޔަތްތައް:

 

މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/60 ރުފިޔާ، އަދި އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަހުގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެ

މަސައްކަތްކުރަންޖެހޭވަގުތު:

ހަފްތާއަކު 6 ދުވަހު، ދުވާލަކު 7 ގަޑިއިރު

ވަޒީފާގެމުއްދަތު:

02 އަހަރު

ވަޒީފާގެބާވަތް:

ކޮންޓްރެކްޓް

ބޭނުންވާއަދަދު:

01 ( އެކެއް )

މަޤާމުގެޝަރުތު:

1-އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ޙާޞިލްކޮށްފައިވުން

މަޤާމުގެމަސްއޫލިއްޔަތު:

- އާސަންދައިގެ ޚިދުމަތަށް ދޫކުރެވޭ ބޭހުގެބިލް 15 ދުވަހުން 15 ދުވަހުންހަދާ އާސަންދަ ޕްރައިވެޓް ލިމިޓެޑަށް ފޮނުވުމަށްޓަކައި އަތޮޅުކައުންސިލްގެ ކަމާބެހޭ ސެކްޝަނާ ހަވާލުކުރުން.

- އެންސްޕާއާއެކު ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް އާސަންދައިގެ ޚިދުމަތް ދިނުން.

- ކުރެޑިޓަށް ބޭސްދޫކުރުމަށް އެއްބަސްވެވިފައިވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުޞޫލާއި، އެއްބަސްވުމާއި އެއްގޮތަށް ބޭސް ދޫކުރުން އަދި ދޫކުރެވޭ ބޭހުގެ ތަފްސީލް ކަމާއިބެހޭ ސެކްޝަނަށް ހުށައެޅުން.

- އެކްސްޕެއަރވާ ބޭހާއި، ހަލާކުވާ ބޭހުގެ ތަފްޞީލު ލިޔެ ބެލެހެއްޓުމާއި އަތޮޅު ކައުންސިލު އިދާރާގެ ކަމާއިބެހޭ ސެކްޝަންގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ބޭހެއް ނައްތާނުލުން.

- ފާމަސީއަށް ނުވަތަ ފާމަސީގައި ހުރި އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމެއް އަތޮޅު ކައުންސިލް އިދާރާގެ ކަމާބެހޭ ސެކްޝަނަށް އެންގުން.

- ފާމަސީގައި އެކަށީގެންވާ ސްޓޮކެއް ބެހެއްޓުމަށް މަސައްކަތްކުރުމާއި ފާމަސީއަށް ބޭނުންވާ ބޭހުގެ ލިސްޓް ތައްޔާރުކޮށް ކަމާއިބެހޭ ސެކްޝަނާއި ހަވާލުކުރުން.

- ފާމަސީއަށް ގެންނަ ހުރިހާ ބޭހެއް ފާމަސީގައި ބޭނުންކުރާ ސޮފްޓްވެއަރއަށް އެންޓަރކޮށް ގަވާއިދުން ބެލެހެއްޓުން.

- ވިއްކަން ބަހައްޓާފައި ހުންނަ ހުރިހާ ބޭހެއްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ކަނޑައަޅާފައިވާ ގޮތަށް އަގު ޖެހުން.

- ބޭސް ބަހައްޓާފައި ހުންނަ ހަރުގަނޑުތައް ހަފްތާއަކު 1 ފަހަރު ފުހެ ސާފުކުރުމާއި ފާމަސީ ބަންދުކުރުމުގެ ކުރިން ކުނިކެހުމާއި ކޮންމެ 3 ދުވަހަކުން ފާމަސީ މޮޕްކުރުން.

- ލިބޭ ފައިސާ ދުވަހުން ދުވަހަށް ބޭންކް އެކައުންޓަށް ޖަމާކުރުމަށްފަހު ފައިސާ ޖަމާކުރިކަމުގެ ސްލިޕް އަތޮޅު ކައުންސިލް އިދާރާގެ ކަމާބެހޭ ސެކްޝަނަށް ޙަވާލުކުރުން.

- އެއްވެސް ސަބަބަކާ ހުރެ ފައިސާ ޖަމާނުކުރެވޭގޮތް ވެއްޖެނަމަ އެފައިސާއެއް ބޭންކަށް ޖަމާކުރެވެންދެން ރައްކާތެރިކަމާއެކު އެމުވައްޒިފެއްގެ ބެލުމުގެ ދަށުގައި ބެހެއްޓުން.

- ވަކިމީހެއް ތަފާތުކުރުމެއްނެތި ކަސްޓަމަރުންގެ އިތުބާރު ނުގެއްލޭގޮތަށް ޚިދުމަތް ދިނުން.

- ޑިއުޓީ ބަދަލުވާއިރު ވަތްގަނޑުގައި ހުންނަ ފައިސާއާއި، ވިކުރާއާ ދިމާވޭތޯ ބަލައި ޗެކްކޮށް ޑިއުޓީއާއި ހަވާލުވާ ފާމަސިސްޓާ ހަވާލުކުރުން.

- ބިލު ރަޖިސްޓްރީ ގަވާއިދުން ބެލެހެއްޓުން.

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

  • 10 ޖޫން 2025 ވަނަދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ށ.އަތޮޅުކައުންސިލް އިދާރާއަށެވެ.

ހުށަހަޅަންޖެހޭލިއުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް ށ.އަތޮޅުކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

3- ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިޔަތު އެނގޭނެ ލިޔުމެއް

4- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނަންބަރާއިއީ-މެއިލްއެޑްރެހާއެކު )

29 މޭ 2025

ގުޅުންހުރި ޑޮކިއުމެންޓްތައް

އިތުރު އިއުލާންތައް