ވަޒީފާގެ ފުރުޞަތު: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ކޮންޓްރެކްޓް )
ތަފްސީލް
މަޤާމް:
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ
އޮފީސް:
ށ.އަތޮޅުކައުންސިލްގެ އިދާރާ / ފުނަފަތި ފާމަސީ
މުސާރަ:
މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/200 ރުފިޔާ،
މަސައްކަތްކުރަންޖެހޭވަގުތު:
ހަފްތާއަކު 6 ދުވަހު، ދުވާލަކު 4 ގަޑިއިރު
ވަޒީފާގެމުއްދަތު:
02 އަހަރު
ވަޒީފާގެބާވަތް:
ކޮންޓްރެކްޓް
ބޭނުންވާއަދަދު:
01 ( އެކެއް )
މަޤާމުގެޝަރުތު:
1- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން '' ޑީ '' ގްރޭޑް ލިބިފައިވުމާއިއެކު ، އޭގެ އިތުރުން '' ސެކަންޑަރީ ސްކޫލް '' ނުވަތަ '' ހަޔަރ ސެކަންޑަރީ ސްކޫލް '' ސެޓްފިކެޓް އިމްތިޙާނުގައި '' ދިވެހި '' މި މާއްދާއިން ދަށްވެގެން '' ސީ '' ގްރޭޑް ލިބިފައިވުން.
2- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުމާއިއެކު ، '' ސެކަންޑަރީ ސްކޫލް '' ނުވަތަ '' ހަޔަރ ސެކަންޑަރީ ސްކޫލް '' ސެޓްފިކެޓް އިމްތިޙާނުގައި '' ދިވެހި '' މި މާއްދާއިން ދަށްވެގެން '' ސީ '' ގްރޭޑް ލިބިފައިވުން.
މަޤާމުގެމަސްއޫލިއްޔަތު:
- އާސަންދައިގެ ޚިދުމަތަށް ދޫކުރެވޭ ބޭހުގެބިލް 15 ދުވަހުން 15 ދުވަހުންހަދާ އާސަންދަ ޕްރައިވެޓް ލިމިޓެޑަށް ފޮނުވުމަށްޓަކައި އަތޮޅުކައުންސިލްގެ ކަމާބެހޭ ސެކްޝަނާ ހަވާލުކުރުން.
- ބޭސްފިހާރައިގެ އެންމެހާ މަސައްކަތްތަކުގައި ފާމަސިސްޓަށް އެހީވުން.
- އެކްސްޕެއަރވާ ބޭހާއި، ހަލާކުވާ ބޭހުގެ ތަފްޞީލު ލިޔެ ބެލެހެއްޓުމާއި އަތޮޅު ކައުންސިލު އިދާރާގެ ކަމާއިބެހޭ ސެކްޝަންގެ ހުއްދަ ލިބިގެން ނޫނީ އެއްވެސް ބޭހެއް ނައްތާނުލުން.
- ފާމަސީއަށް ނުވަތަ ފާމަސީގައި ހުރި އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ އެކަމެއް އަތޮޅު ކައުންސިލް އިދާރާގެ ކަމާބެހޭ ސެކްޝަނަށް އެންގުން.
- ފާމަސީގައި އެކަށީގެންވާ ސްޓޮކެއް ބެހެއްޓުމަށް މަސައްކަތްކުރުމާއި ފާމަސީއަށް ބޭނުންވާ ބޭހުގެ ލިސްޓް ތައްޔާރުކޮށް ކަމާއިބެހޭ ސެކްޝަނާއި ހަވާލުކުރުން.
- ފާމަސީއަށް ގެންނަ ހުރިހާ ބޭހެއް ފާމަސީގައި ބޭނުންކުރާ ސޮފްޓްވެއަރއަށް އެންޓަރކޮށް ގަވާއިދުން ބެލެހެއްޓުން.
- ވިއްކަން ބަހައްޓާފައި ހުންނަ ހުރިހާ ބޭހެއްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ކަނޑައަޅާފައިވާ ގޮތަށް އަގު ޖެހުން.
- ބޭސް ބަހައްޓާފައި ހުންނަ ހަރުގަނޑުތައް ހަފްތާއަކު 1 ފަހަރު ފުހެ ސާފުކުރުމާއި ފާމަސީ ބަންދުކުރުމުގެ ކުރިން ކުނިކެހުމާއި ކޮންމެ 3 ދުވަހަކުން ފާމަސީ މޮޕްކުރުން.
- ލިބޭ ފައިސާ ދުވަހުން ދުވަހަށް ބޭންކް އެކައުންޓަށް ޖަމާކުރުމަށްފަހު ފައިސާ ޖަމާކުރިކަމުގެ ސްލިޕް އަތޮޅު ކައުންސިލް އިދާރާގެ ކަމާބެހޭ ސެކްޝަނަށް ޙަވާލުކުރުން.
- އެއްވެސް ސަބަބަކާ ހުރެ ފައިސާ ޖަމާނުކުރެވޭގޮތް ވެއްޖެނަމަ އެފައިސާއެއް ބޭންކަށް ޖަމާކުރެވެންދެން ރައްކާތެރިކަމާއެކު އެމުވައްޒިފެއްގެ ބެލުމުގެ ދަށުގައި ބެހެއްޓުން.
- ވަކިމީހެއް ތަފާތުކުރުމެއްނެތި ކަސްޓަމަރުންގެ އިތުބާރު ނުގެއްލޭގޮތަށް ޚިދުމަތް ދިނުން.
- ޑިއުޓީ ބަދަލުވާއިރު ވަތްގަނޑުގައި ހުންނަ ފައިސާއާއި، ވިކުރާއާ ދިމާވޭތޯ ބަލައި ޗެކްކޮށް ޑިއުޓީއާއި ހަވާލުވާ ފާމަސިސްޓާ ހަވާލުކުރުން.
- ބިލު ރަޖިސްޓްރީ ގަވާއިދުން ބެލެހެއްޓުން.
މަޤާމަށްއެދެންވީގޮތާއިސުންގަޑި:
19 ޖޫން 2025 ވަނަދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ށ.އަތޮޅުކައުންސިލް އިދާރާއަށެވެ.
ހުށަހަޅަންޖެހޭލިއުންތައް:
1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަންފޯމް ށ.އަތޮޅުކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.
2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
3- ވަޒީފާއެއްގައި އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިޔަތު އެނގޭނެ ލިޔުމެއް
4- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
5- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނަންބަރާއިއީ-މެއިލްއެޑްރެހާއެކު )
15 ޖޫން 2025