logo

ވަޒީފާގެ ފުރުސަތު- ލޯންޗް ޑްރައިވަރ

ތަފްސީލް

އިޢުލާނު

 

މަޤާމު:

 ލޯންޗް ޑްރައިވަރ

މަޤާމުގެނަންބަރު:

 J-423303

ބޭނުންވާއަދަދު:

 01 ( އެކެއް )

މަޤާމުގެގިންތި:

 ދާއިމީ

މަޤާމުގެރޭންކު:

 ޕަބްލިކް ސަރވިސް ރޭންކް 3 ، ސްޓެޕް 1

ވަޒީފާއަދާކުރަންޖެހޭތަން:

 މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ، ށ ފުނަދޫ  / ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓް

މުސާރަ:

 -/9620 ރުފިޔާ ( މަހަކު )

މަޤާމުގެއެލަވަންސް:

 -/4490 ރުފިޔާ ( މަހަކު )

އެހެނިހެންއެލަވަންސް:

 މިމަޤާމުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ސީ އޮޕަރޭޝަންސް އެލަވަންސްގެގޮތުގައި ދުވާލު ދަތުރުކުރަންޖެހޭ   ހާލަތްތަކުގައި ދުވަހަކަށް -/75ރުފިޔާ އަދި ރޭގަނޑު ދަތުރުކުރަންޖެހޭ ހާލަތްތަކުގައި -/120ރުފިޔާ ލިބޭނޭއެވެ.

 ނޯޓް:މިމަޤާމަކީޤާނޫނުނަންބަރު2008/2(ވަޒީފާއާއިބެހޭޤާނޫނު)ގެ34ވަނަމާއްދާގެ(ހ)ގައި  ބަޔާންކޮށްފައިވާފަރާތްތަކުގެތެރޭގައިހިމެނޭފަރާތަކަށްވާތީ،މިމަޤާމުތަކަށްއިތުރުގަޑީގެފައިސާނުލިބޭނެއެވެ.

މަޤާމުގެމައިގަނޑުމަސްއޫލިއްޔަތުތަކާއިވާޖިބުތައް:

 1- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް   ޖަވާބުދާރީވުން.

 2- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް   ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ   ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

 3- އަތޮޅުކައުންސިލް އިދާރާގެ ލޯންޗުގެ ފަޅުވެރިންލައްވާ މަސައްކަތް ކުރުވުމާއި، މަސައްކަތް ސްޕަރވައިޒްކުރުން

 4- އަތޮޅުކައުންސިލް އިދާރާގެ ލޯންޗުގައި ކުރަންޖެހޭ ދަތުރުތައް (ކައުންސިލްގެ އިދާރާއިން ހަމަޖައްސާ އިންތިޒާމެއްގެ ދަށުން) ކުރުން

 5- މޫސުމާބެހޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން ހޯދުމަށްފަހު މޫސުމަށް ބަލައިގެން ދަތުރަށް ފެށުމާއި، ދަތުރަށް   ފެށުމުގެ ކުރިން މުވާސަލަތީ އަދި ސަލާމަތީ ކަންކަން އުޅަނދުގައި ފުރިހަމަވެފައި ހުރިކަން ޔަގީންކުރުން

 6- ފަސިންޖަރުންނަށް ލައިފްޖެކެޓް އަޅާނެގޮތް ބުނެދީ ފަސިންޖަރުން ލައިފްޖެކެޓް އެޅުވުން އަދި ޕަސެންޖަރުންގެ   ރައްކާތެރިކަމުގެ ގޮތުން ދޭންޖެހޭ މެސެޖުތައް ދިނުން

 7- ކަނޑައެޅޭ އުޞޫލެއްގެ މަތިން ލޯންޗުގައި ޑިއުޓީކުރުން

 8- ލޯންޗާއި ލޯންޗުގެ އިންޖީނުތައް ސާފުކޮށް ބެލެހެއްޓުމާއި، މުއްދަތުގައި އިންޖީނުތަކުގެ އަޑީތެޔޮ އަދި   ފިލްޓަރތައް ބަދަލުކުރުން

 9- ލޯންޗާއި އިންޖީނަށް ދިމާވާމައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމާއި، ދިމާވާ ބޮޑެތި މައްސަލަތައް   ހައްލުކުރުމަށް  ސްޕަވައިޒަރާއި ވާހަކަދައްކައިގެން މަސައްކަތްކުރުން

 10- ލޯންޗު ފަޅުގައި އޮންނައިރު ދުވާލަކު އެއްފަހަރު ފަޅުވެރިންނާއިއެކު ލޯންޗަށްގޮސް ލޯންޗް ސާފުކުރުމާއި،   ލޯންޗު ދިޔަވޭތޯ ޗެކުކުރުމާއި، ވައުވެލާވެލި ހުރީ ރަނގަޅަށްތޯ ބަލައި ޗެކްކޮށް ރަނގަޅުކުރަންޖެހޭނަމަ އެކަންކުރުން

 11- ހަފްތާއަކު އެއްފަހަރު ފަޅުވެރިންނާއިއެކުގޮސް ލޯންޗްގެ ފެހިއުނގުޅައި، ލޯންޗުގެ ބޭރާއި އެތެރެ ދޮވެ   ސާފުކުރުން

 12- ދަތުރަށް ބޭނުންވާ ތެޔޮ، ބޯފެން އަދި ދަތުރަށްބޭނުންވާ އެހެނިހެން ސާމާނާއި އާލާތްތައް ހަމަކޮށް   ކުއްލިޙާލަތުގައި ފުރަންޖެހުނަސް ފުރޭނެގޮތަށް ލޯންޗު ތައްޔާރީ ޙާލަތުގައި ބޭއްވުން

 13- ދަތުރުކުރުމުގައި ލޯންޗާއި، ފަޅުވެރިން އަދި ލޯންޗުގައި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް   އަޅަންޖެހޭ  އެންމެހައި ފިޔަވަޅުތައް އެޅުން

 14- ލޯންޗްގެ ސަލާމަތާއިބެހޭ ސެޓްފިކެޓް މުއްދަތު ހަމަވޭތޯބަލައި، ކަމާއިބެހޭ މުވައްޒަފުންނާ ވާހަކަދައްކައިގެން   ހެއްދުން.

 15- ލޯންޗް ދުއްވުމުގައި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެ މަތީން ދަތުރުކުރުމާއި،   އިންޖީނުގެ ދުއްވުމަށް ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް ނުދުއްވުން،އަދި ވީހާވެސް ޚަރަދު ކުޑަވާނޭ ގޮތެއްގެ   މަތީން ދަތުރުކުރުން

 16- ދަތުރު ލޮގް ލިޔެ ބެލެހެއްޓުމާއި، ދަތުރުގައި ބައިވެރިވާ ފަސިންޖަރުންގެ މެނިފެސްޓް ބެލެހެއްޓުން އަދި   އެމަޢުލޫމާތުތައް ކަމާއިބެހޭ މުވައްޒަފުންނާއި ހިއްސާކުރުން

 17- ލޯންޗާއި ލޯންޗުގައި ހުރި އިކުއިޕްމަންޓްސް، ޓޫލްސް، ފަސްޓްއެއިޑް ކިޓް އަދި އެހެނިހެންތަކެތި   ރައްކާތެރިކަމާއިކު ބެލެހެއްޓުމާއި އެތަކެތީގެ އިންވެންޓްރީއާއި ޙާލަތު ބަލައި ޗެކުކޮށް، މައްސަލައެއް އުޅޭނަމަ   ސުޕަވައިޒަރާއި  މަޢުލޫމާތު ހިއްޞާކުރުން

 18- މުޅިތަނަށްދިމާވާ ކުއްލި އިމަޖެންސީތަކާއި،ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި   ބައިވެރިވުމާއި، ކައުންސިލްއިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެންކަންތައްތައް ކުރުން

މަޤާމުގެޝަރުޠުތައް:

 1- ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ B ކެޓަގަރީގެ ލައިސެންސެއް

 ނުވަތަ،

 2- ނިޔަމިކަމުގެ ސަނަދު 1 ގެ ސެޓްފިކެޓް ނުވަތަ ނިޔަމިކަމުގެ ސަނަދު 2 ގެ ސެޓްފިކެޓް

 ވަޒީފާގެދާއިރާ

 ކަނޑުދަތުރުފަތުރު ކުރާ އުޅަނދުފަހަރު ދުއްވުމުމުގެ މަސައްކަތްތައް

 މަޤާމުގެތަޢުލީމީރޮނގުތައް

 ނެތް

 ކޯޑިސިޕްލިން

 ނެތް

 ޕްރިފަރޑްޑިސިޕްލިން

 ނެތް

ހުށަހަޅަންޖެހޭލިޔުންތައް:

 

  • ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

  • ސިވިލްސަރވިސްއަށް/ސަރުކާރަށްޚިދުމަތްކުރުމުގެއެއްބަސްވުމެއްއޮތްމުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށްއެންމެޤާބިލުފަރާތެއްހޮވުމަށްބެލޭނެކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 ފެބްރުއަރީ 02 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (info@shaviyani.gov.mv) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު(އިމްތިޙާނާއި އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެތަނާއި،މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2026 ފެބްރުއަރީ 09 އާއި 2026 ފެބްރުއަރީ 28 އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ.

 

"ވަޒީފާއަށްކުރިމަތިލީފަރާތްތަކަށްޕޮއިންޓުލިބުނުގޮތުގެޝީޓް(A2ޝީޓު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓްގައި އަދި މިއިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540400 އަށެވެ. އީ-މެއިލް ކުރާނީ info@shaviyani.gov.mv އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

26 ޖަނަވަރީ 2026

ގުޅުންހުރި ޑޮކިއުމެންޓްތައް

އިތުރު އިއުލާންތައް