logo

ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްކަމުގައިވާ ށ.ފަރުކޮޅުން ގަވާއިދާ ޚިލާފަށް ވެލިނެގުމާ ގުޅޭ

ތަފްސީލް

ށ.ފަރުކޮޅަކީ ދިވެހިރާއްޖޭގެ ގާނޫނު ނަންބަރު 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ނަންބަރު: (IUL)438-ENV/438/02018/262 އިއުލާނުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ. މިސަރަހައްދު ބެލެހެއްޓުމުގައި އަމަލުކުރަމުންދާނީ ނަންބަރު 2018/R-78 (ޤުދުރަތީ ނުވަތަ ޠަބީޢީގޮތުން ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާއިބެހޭ ގަވާއިދު) ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިންނެވެ.

ށ.ފަރުކޮޅުގެ ގޮނޑުދޮށުންނާއި، ތުނޑިން އަދި ފަޅުތެރެއިން އުދޮލި ފަކީރާއިން ވެލިނެގުމުގެ އިތުރުން، ޕަންޕު ބޭނުންކޮށްގެން އެކިފަރާތްތަކުން ގިނަ އަދަދެއްގެ ވެލި ނަގަމުންދާކަމުގެ ޝަކުވާ ލިބިފައިވާތީ ދިވެހިފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު އީ.ޕީ.އޭ އިން އެ މައްސަލަ ބަލަމުންދާކަމަށްވަނީ އެ އޭޖެންސީއިން އަންގަވާފައެވެ. ށ.ފަރުކޮޅުގެ ހިމާޔަތްކުރެވިފައިވާ ސަރަހައްދުން ވެލިނެގުމަކީ (ވިޔަފާރި އުސޫލުންނާއި އަމިއްލަބޭނުންތަކަށް) އެ ސަރަހައްދު ހިމާޔަތްކުރުމަށް ކޮށްފައިވާ އިއުލާނުގައި ކުރުންމަނާކަމުގައި ބަޔާންކޮށްފައިވާ ކަމެއްގެ އިތުރުން ގަވާއިދު ނަންބަރު 2018/R-78 (ޤުދުރަތީ ނުވަތަ ޠަބީޢީގޮތުގައި ރައްކައުކޮށް ދަމަހައްޓާ ތަންތަނާއިބެހޭ ގަވާއިދު) އާއިވެސް ޙިލާފުކަމެކެވެ. އަދި މިސަރަޙައްދު ހިމާޔަތްކުރުމުގެ މަޤްސަދު ޙާސިލްކުރުމަށް އެޅިގެންދާ ހުރަހެކެވެ.

ދަންނަވަމެވެ. އާއްމު ރައްޔިތުންގެ ޟަރޫރީ ބޭނުންތަކަށް ވެލިނެގުމަށް އަތޮޅުގެ ކޮންމެ ދާއިރާއަކަށްވެސް ވަކި ސަރަހައްދުތަކެއް އީ.ޕީ.އޭއިން ވަނީ ކަނޑައަޅުއްވާފައެވެ. އަދި މިސަރަޙައްދު ތަކުންވެސް މެޝިނަރީގެ ބޭނުންކޮށްގެން ވެލިނެގުން ހުއްދަ ކުރެވިފައެއް ނުވެއެވެ.

ށ.ފަރުކޮޅު ސަރަޙައްދަކީ އެސަރަހައްދުގެ ޤުދުރަތީ ރީތިކަމާއި ފުރިހަމަކަމުގެ އިތުރުން އެތައް ސަބަބުތަކަށްޓަކައި ހިމާޔަތްކުރެވިފައިވާ ސަރަޙައްދެކެވެ. ވީމާ މިފަދަ ސަރަހައްދުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށާއި އަންނަންއޮތް ޖީލުތަކަށް އެތަންތަން ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ހުރިހައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ކަމާއިބެހޭ މުވައްސަސާތަކަށް ބޭނުންވެއެވެ.

ވީމާ ށ.ފަރުކޮޅު ހިމާޔަތްކޮށްފައިވާ ސަރަހައްދުން ވެލިނެގުމަކީ މަނާކަމެއްކަމުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި އެސަރަޙައްދުން ގަވާއިދާ ޙިލާފަށް ވެލި ނަގަމުން އަންނަ ފަރާތްތަކުގެ މައުލޫމާތު އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ފޯރުކޮށްދެއްވަމުން ގެންދެވުމަށްވެސް އިލްތިމާސްކުރަމެވެ.

‏06‏ ޝަޢްބާން‏ 1446

‏04‏ ފެބްރުއަރީ‏ 2025

ގުޅުންހުރި ޑޮކިއުމެންޓްތައް

އިތުރު އިއުލާންތައް

އިޢުލާން ނަންބަރ (IUL)227-AD-PM/227/2025/47 (26 އޮކްޓޯބަރ 2025) އާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި މައުލޫމާތު ކަރުދާސް އަދި ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނަ ތާރީހަށް ބަދަލުގެނައުން.

205 ނޮވެމްބަރ 2025

އަހަރީ ޙަފްލާގެ ކެއުންތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން-މަސައްކަތް

229 އޮކްޓޯބަރ 2025

ވަޒީފާގެ ފުރުސަތު: ފަޅުވެރި

223 އޮކްޓޯބަރ 2025

ވަޒީފާގެ ފުރުސަތު: ކަައުންސިލް އޮފިސަރ

211 އޯގަސްޓް 2025

ވަޒީފާގެ ފުރުސަތު: އެސިސްޓެންޓް ކައުންސިލް އޮފިސަރ

223 ޖުލައި 2025

ވަޒީފާގެ ފުރުޞަތު: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ކޮންޓްރެކްޓް )

215 ޖޫން 2025

ވަޒީފާގެ ފުރުސަތު- ފާމަސީ އެސިސްޓެންޓް

229 މެއި 2025

ޕަޑީ ސެޓިފައިޑް އެޑްވާންސް އޯޕަން ވޯޓަރ ޑައިވިންގ ކޯސް އަދި ރެސްކިއު ޑައިވިންގ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން

221 މެއި 2025

ވަޒީފާގެ ފުރުޞަތު: ކޮމްޕްލަޔަންސް އޮފިސަރ ( އެމް އެސް 1 )

218 މެއި 2025

ސްކްރީން ޝީޓް - ކޮމްޕްލަޔަންސް އޮފިސަރ ( އެމް. އެސް 1 )

213 މެއި 2025