ށ.އަތޮލުކައުންސިލުގެ 4ވަނަ ދައުރުގެ 133ވަނަ ޢާއްމު ޖަލްސާ
ޖަލްސާގެ ބާވަތް
ޢާއްމު ޖަލްސާ
ޖަލްސާ ނަންބަރު
133
އެޖެންޑާ ނަންބަރު
133
ތާރީޙް
03 ސެޕްޓެމްބަރ 2025
ވަތުގު
10:00
ތަން
(އެޮންލައިން)މީޓިންގ ރޫމް، ށ.އަތޮޅުކައުންސިލުގެ އިދާރާ
އެޖެންޑާ
1. ސަރުކާރުގެފަރާތުންހުށައަޅާކަންކަން
2. ލޯކަލްގަވަރުމަންޓްއޮތޯރިޓީގެފަރާތުންހުށައަޅާކަންކަން
3. ކައުންސިލްގެއިދާރާއިންހުށައަޅާކަންކަން
3.1 ށ.އަތޮޅު ވާހަކަދެއްކުމުގެ މުބާރާތް ކުރިޔަށްގެންދިއުމަށް ހުރި ހުރަސްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
3.2 އެމް.އެލް.ސީ.އޭގެ 2025ވަނަ އަހަރުގެ ޗަންދާ ފައިސާ ދެއްކުމަށް ބޭނުންވާ ވަރަށް ފައިސާ ބަޖެޓްކުރެވިފައިނުވާތީ، އެކޯޑަށް އިތުރަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކައި ބަޖެޓް ކޮންޓްރޯލް ހެދުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
4. ކައުންސިލަރުންހުށައަޅުއްވާކަންކަން:
4.1 ހުށަހެޅީ:އަޙްމަދުއަޚްސަންށ.ކަނޑިތީމުކައުންސިލުގެރައީސް
އަތޮޅު ކައުންސިލްތަކަކީ ބޭކާރު ތަނެއްގެ ގޮތުގައި ވިދާޅުވެފައިވާތީ، މި އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ ޚަރަދާއި، ބަޖެޓުގައި އިދާރީގޮތުން ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި ކުރިޔަށް ރޭވިފައިހުރި ބޭކާރު ޕްރޮގްރާމުތައް ހުއްޓާލުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
4.2 ހުށަހެޅީ:އަޙްމަދުއަޚްސަންށ.ކަނޑިތީމުކައުންސިލުގެރައީސް
ކުރިޔަށް ރާވާފައިވާ ޕްރޮގްރާމުތަކުގެ ތެރެއިން ހުއްޓާލުމަށް ނިންމޭ ޕްރޮގްރާމުތަކުގެ ބަޖެޓް މިލައުތުރު ފުޓްސަލް މުބާރާތު ކޯޑަށް ބަދަލުކޮށް ހޯސްޓްކުރާ ރަށަކަށް ދޭ އިނާޔަތް ބޮޑުކޮށް، ބައިވެރިވާ ޓީމުތަކަށް ދަތުރު އެލަވަންސްގެ ގޮތުގައި ހޯސްޓްކުރާ ރަށުގެ ދުރުމިނަށް ބަލައި މާލީއެހީ ދިނުން.
4.3 ހުށަހެޅީ:އަޙްމަދުޢާޞިފްށ.ފޯކައިދޫކައުންސިލުގެރައީސް
އަތޮޅުކައުންސިލްތަކަކީ ބޭނުންނޫން އެއްޗެއް ކަމަށާއި، އަތޮޅުކައުންސިލް އުވާލާނެ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާތީ، މިކަމާ ގުޅޭގޮތުން ކައުންސިލުން ދެކޭގޮތް ހާމަކުރުން.
5. އިދާރީމައްސަލަތައް
5.1 މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 128ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
6. ވޯޓަށްއަހާކަންކަމަށްވޯޓަށްއެހުން
ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތަކަށް ވޯޓަށް އެހުން ކުރިޔަށްގެންދާނީއެވެ.
01 ސެޕްޓެންބަރު 2025
ޙުލާސާ
-ށ.އަތޮޅު ވާހަކަދެއްކުމުގެ މުބާރާތަށް ހުރި ހުރަސްތަކާ ގުޅިގެން އެ ޕްރޮގްރާމު ކުރިޔަށްނުގެންދާ ގޮތަށް ނިންމައި، އެ ޕްރޮގްރާމަށް ކަނޑައެޅިފައިވާ 200,000 (ދެލައްކަ) ރުފިޔާގެ ތެރެއިން 50,000(ފަންސާސްހާސް ރުފިޔާ) ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ޕްރޮގްރާމަށް ޚަރަދުކުރުމަށް ނިންމުނެވެ.
-އެމް.އެލް.ސީ.އޭގެ 2025ވަނަ އަހަރުގެ ޗަންދާ ފައިސާ ދެއްކުމަށް ބޭނުންވާ ވަރަށް ފައިސާ ބަޖެޓްކުރެވިފައި ނުވާތީ، އެ ކޯޑަށް އިތުރަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އިދާރީގޮތުން ހުށަހަޅާފައިވާ ބަޖެޓް ކޮންޓްރޯލް ނަންބަރު (BCF)227-CA-BF/PRIV/2025/7 ފާސްކުރުމަށް ނިންމުނެވެ.
-މިލައުތުރު ފުޓްސަލް މުބާރާތް ހޯސްޓްކުރުމަށް ހުށަހަޅާފައިވަނީ އެންމެ ރަށަކުން ކަމަށްވާތީ، މިއަހަރު ކުރިއަށް ހުރި ޕްރޮގްރާމްތަކުގެ ތެރެއިން އައި، ޑީ، ކާޑު ޚިދުމަތް ދިނުން، ކުނިމެނޭޖްކުރުމަށް މީހުން ހޭލުން ތެރިކަން ކުރުން، އަދި ވާހަކަދެއްމުގެ މުބާރާތް ކަނޑައެޅުނު ބަޖެޓްގެ ތެރެއިން، ހޯސްޓްކުރާރަށަށް ކަނޑައެޅިފައިވަ 50000 ރުފިޔާ ، 200000 (ދެލައްކަ ރުފިޔާ) އަށް ބޮޑުކުރުމަށާއި، އަދި 300000 (ތިންލައްކަރުފިޔާ) މުބާރާތަށް ރަށްރަށުން ކުރާ ދަތުރުތަކަށް، ހޯސްޓްކުރާ ރަށާއި ރަށްރަށާ ދޭތެރޭ ހުރި ދުރުމިނަށް ބަލައިގެން ދޫކުރުމަށް ނިންމުނެވެ.
-އަތޮޅުކައުންސިލްތަކަކީ ބޭނުންނޫން އެއްޗެއް ކަމަށާއި، އަތޮޅުކައުންސިލް އުވާލާނެ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާތީ، މި ކަމާގުޅޭގޮތުން ކައުންސިލުން ދެކޭގޮތް ހާމަކުރުމަށް ނެރޭ ބަޔާނުގައި ހިމަނާނެ ޕޮއިންޓުގެ ގޮތުގައި ޖަލްސާގެ ބަހުސްގައި ނާއިބުރައީސް އަޙްމަދު ޢާޞިފް ފާހަގަކުރެއްވި ޕޮއިންޓްތައް ހިމަނައިގެން އެފަދަ ބަޔާނެއް ނެރުމަށް ނިންމުނެވެ.
-އަތޮޅުކައުންސިލްތަކަކީ ބޭނުންނޫން އެއްޗެއް ކަމަށާއި، އަތޮޅުކައުންސިލް އުވާލާނެ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާތީ، މި ކަމާ ގުޅޭގޮތުން ބ.އަތޮޅުކައުންސިލް އިދާރާއިން ސްޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަތޮޅުކައުންސިލުގެ ޤާނޫނީ ޓީމުން ދިރާސާކުރުމަށްފަހު އެމައްސަލައަށް ތަދައްހުލްވުމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް ފެނެއެވެ.
-މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 128ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރެވުނެވެ.
ނިންމުންތައް
ވާހަކަދެއްކުމުގެ މުބާރާތާއި، މުބާރާތަށް ކަނޑައެޅިފައިވާ ބަޖެޓަށް ގޮތެއް ނިންމުން
އެމް.އެލް.ސީ.އޭގެ ޗަންދާ ދެއްކުމަށް ބޭނުންވާ ފައިސާ ކަނޑައެޅުން
ފުޓްސަލް މުބާރާތް ހޯސްޓްކުރާ ރަށްރަށް ދޭ އިނާޔަތް ބޮޑުކުރުމާއި، ޓީމުތަކަށް ދަތުރު އެލަވަންސް ކަނޑާއެޅުން
އަތޮޅުކައުންސިލްތައް އުވާލާ މައްސަލައާއި ގުޅިގެން ބަޔާނެއް ނެރުމާބެހޭ
އަތޮޅުކައުންސިލުތައް އުވާލާ މައްސަލައާ ގުޅިގެން ބ.އަތޮޅުކައުންސިލުން ސްޕްރިމްކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލްވުމާގުޅޭ
ގުޅުންހުރި ލިޔުންތަށް
ހާޒިރީ











އިތުރު ޖަލްސާތައް
ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 135ވަނަ ޢާއްމު ޖަލްސާ
މީޓިންގރޫމް/ށ.އަތޮޅުކައުންސިލްގެ އިދާރާ (އޮންލައިން)
10:00
ށ.އަތޮޅުަކައުންސިލުގެ 4ވަނަ ދައުރުގެ 134ވަނަ ޢާއްމު ޖަލްސާ
މީޓިންގރޫމް/ށ.އަތޮޅުކައުންސިލްގެ އިދާރާ (އޮންލައިން)
13:00
ށ.އަތޮލުކައުންސިލުގެ 4ވަނަ ދައުރުގެ 133ވަނަ ޢާއްމު ޖަލްސާ
(އެޮންލައިން)މީޓިންގ ރޫމް، ށ.އަތޮޅުކައުންސިލުގެ އިދާރާ
10:00
ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 132ވަނަ ޢާއްމު ޖަލްސާ
ޖަލްސާކުރާ މާލަން/ށ.އަތޮޅު ކައުންސިލުގެ އިދާރާ
9:00
ށ.އަތޮޅުކައުންސިލްގެ 4ވަނަ ދައުރުގެ 131ވަނަ ޢާއްމު ޖަލްސާ
މީޓިންގރޫމް/ށ.އަތޮޅުކައުންސިލްގެ އިދާރާ (އޮންލައިން)
10:30
ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 130ވަނަ ޢާއްމު ޖަލްސާ
މީޓިންގރޫމް/އަތޮޅުކައުންސިލުގެ އިދާރާ (އޮންލައިން)
10:00
ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 5ވަނަ ކުއްލި ޖަލްސާ
މީޓިންގރޫމް/ށ.އަތޮޅުކައުންސިލުގެ އިދާރާ (އޮންލައިން)
10:00
ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 129ވަނަ ޢާއްމު ޖަލްސާ
މީޓިންގރޫމް/ށ.އަތޮޅު ކައުންސިލުގެ އިދާރާ (އޮންލައިން)
10:00
ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 128ވަނަ ޢާއްމު ޖަލްސާ
މީޓިންގރޫމް/ށ.އަތޮޅުކައުންސިލުގެ އިދާރާ (އޮންލައިން)
10:00
ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 127ވަނަ ޢާއްމު ޖަލްސާ
މީޓިންގރޫމް/ށ.އަތޮޅުކައުންސިލުގެ އިދާރާ (އޮންލައިން)
10:00