ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 120ވަނަ ޢާއްމު ޖަލްސާ
ޖަލްސާގެ ބާވަތް
ޢާއްމު ޖަލްސާ
ޖަލްސާ ނަންބަރު
120
އެޖެންޑާ ނަންބަރު
120
ތާރީޙް
13 މާޗް 2025
ވަތުގު
10:00
ތަން
މީޓިންގރޫމް/ށ.އަތޮޅުކައުންސިލުގެ އިދާރާ (އޮންލައިން)
އެޖެންޑާ
1. ސަރުކާރުގެފަރާތުންހުށައަޅާކަންކަން
2. ލޯކަލްގަވަރުމަންޓްއޮތޯރިޓީގެފަރާތުންހުށައަޅާކަންކަން
3. ކައުންސިލްގެއިދާރާއިންހުށައަޅާކަންކަން
3.1 2024ވަނަ އަހަރު ށ.އަތޮޅުކައުންސިލުން އ.ތ.މ ކޮމެޓީތަކަށް އެހީދިނުމަށް ކަނޑައެޅުނު ކޮމެޓީތަކުގެ ތެރެއިން މާއުނގޫދޫ އ.ތ.މ ކޮމެޓީން ހުށަހަޅާފައިވާ ޕްރޮޖެކްޓް ރިވިއުކޮށް އެހެން ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދައަށް އެދިފައިވާތީ އެކަމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
3.2 ށ.އަތޮޅުކައުންސިލަރުންގެ ސްޓަޑީ ޓުއާ ކުރިޔަށްގެންދާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރުން
3.3 ށ.އަތޮޅުގެ ފަޅުރަށްތަކުގެ ތެރެއިން ކައުންސިލްތަކަށް ދޫކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ 3 ރަށާމެދު ޢަމަލުކުރާނެ ގޮތަކާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
3.4 ސަރުކާރުން ކައުންސިލްތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ އުޞޫލުގެ ދަށުން ށ.ގައްލައިދޫ ކޮމަންޑޫ ކައުންސިލަށް ނެގުމަށް ބޭނުންވާ އަތޮޅުކައުންސިލުގެ ލިއުން ހޯދުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
4. ކައުންސިލަރުންހުށައަޅުއްވާކަންކަން:
5. އިދާރީމައްސަލަތައް
5.1މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 118ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
6. ވޯޓަށްއަހާކަންކަމަށްވޯޓަށްއެހުން
ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތަކަށް ވޯޓަށް އެހުން ކުރިޔަށްގެންދާނީއެވެ.
11 މާރިޗު 2025
ޙުލާސާ
-ޑަބްލިއު.ޑީ.ސީ އެހީދިނުމުގެ ޕްރޮގްރާމުގެ ދަށުން 2024ވަނަ އަހަރު ށ.މާއުނގޫދޫ ޑަބްލިއު.ޑީ.ސީ އާއެކު އެ އަހަރު ހިންގުމަށް އެހީ ދޫކުރެވިފައިވާ ބެލެނިވެރިންގެ ހިޔާގެ ޕްރޮޖެކްޓް އެއްބަސްވުމުގެ 3.1.6 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އެ ޕްރޮޖެކްޓަކީ ނުހިންގުނު ޕްރޮޖެކްޓެއް ކަމަށް ކަނޑައަޅައި، އެ ޕްރޮޖެކްޓު ހިންގުމަށް އަތޮޅުކައުންސިލުގެ ރައީސް ވެސް ވަރަށްގިނަ މަސައްކަތްތަކެއްކުރައްވައި ކުރިޔަށް ނުގޮސްވާ ކަމަށް ޑަބްލިއު.ޑީ.ސީގެ ރައީސްގެ ވާހަކައިން ވެސް އެނގޭތީ، އިތުރު ފުރުޞަތެއް ދީގެން ވެސް އެ ޕްރޮޖެކްޓް ހިންގޭނެކަމަށް ޤަބޫލުނުކުރެވޭތީ، އެ ކަމަށް ދޫކުރެވިފައިވާ ފައިސާ އަނބުރާ ގެންނަ ގޮތަށް ނިންމުނެވެ.
-ށ.އަތޮޅުކައުންސިލަރުންގެ ސްޓަޑީ ޓުއާ ކުރިޔަށްގެންދާނެ ގޮތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އޭޕްރީލް މަހުގެ ތެރޭގައި ދަތުރުކުރާގޮތަށް އިދާރީ ގޮތުން އިންތިޒާމުތައް ހަމަޖެއްސެވުމަށް މެންބަރުން މަޝްވަރާދެއްވިއެވެ.
-ށ.އަތޮޅުގެ ފަޅުރަށްތަކުގެ ތެރެއިން ކައުންސިލްތަކަށް ދޫކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ 3 ރަށާމެދު ޢަމަލުކުރާނެ ގޮތަކާމެދު އިތުރަށް ދިރާސާ ކުރަންޖެހޭ ކަމަށާއި، މި މައްސަލަ މަޝްވަރާ ބައްދަލުވުމަކަށް ގެންގޮސްގެން އިތުރަށް މަޝްވަރާކުރުމަށް މެންބަރުން ލަފާދެއްވިއެވެ.
- ސަރުކާރުން ކައުންސިލްތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ އުޞޫލުގެ ދަށުން ކޮމަންޑޫ ކައުންސިލަށް ށ. ގައްލައިދޫ ކުއްޔަށް ނެގުމަށް ބޭނުންވާ އަތޮޅުކައުންސިލުގެ އިޢުތިރާޟުނުކުރާ ކަމުގެ ލިއުން އެ ކައުންސިލުން އެދިފައިވާ ގޮތުގެމަތީން ދިނުމަށް ނިންމުނެވެ.
-މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 118ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރެވުނެވެ.
ގުޅުންހުރި ލިޔުންތަށް
ހާޒިރީ








އިތުރު ޖަލްސާތައް
ށ.އަތޮޅުކައުންސިލްގެ 4ވަނަ ދައުރުގެ 141ވަނަ ޢާއްމު ޖަލްސާ
މީޓިންގރޫމް / ށ.އަތޮޅުކައުންސިލްގެ އިދާރާ (އޮންލައިން)
10:00
ށ.އަތޮޅުކައުންސިލްގެ 4ވަނަ ދައުރުގެ 140ވަނަ ޢާއްމު ޖަލްސާ
މީޓިންގރޫމް / ށ.އަތޮޅުކައުންސިލްގެ އިދާރާ (އޮންލައިން)
10:00
ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 139 ވަނަ ޢާއްމު ޖަލްސާ
މީޓިންގރޫމް / ށ.އަަތޮޅުކައުންސިލުގެ އިދާރާ (އޮންލައިން)
10:00
ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 138ވަނަ ޢާއްމު ޖަލްސާ
މީޓިންގރޫމް/ށ.އަތޮޅުކައުންސިލްގެ އިދާރާ (އޮންލައިން)
10:00
ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 137ވަނަ ޢާއްމު ޖަލްސާ
މީޓިންގ ރޫމް، ށ.އަތޮޅުކައުންސިލްގެ އިދާރާ (އޮންލައިން)
10:00
ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 7ވަނަ ކުއްލި ޖަލްސާ
މީޓިންގރޫމް/ށ.އަތޮޅުކައުންސިލްގެ އިދާރާ (އޮންލައިން)
13:30
ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 6ވަނަ ކުއްލި ޖަލްސާ
މީޓިންގރޫމް/ށ.އަތޮޅުކައުންސިލްގެ އިދާރާ
21:00
ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 136ވަނަ ޢާއްމު ޖަލްސާ
މީޓިންގރޫމް/ށ.އަތޮޅުކައުންސިލްގެ އިދާރާ (އޮންލައިން)
10:00ަ
ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 135ވަނަ ޢާއްމު ޖަލްސާ
މީޓިންގރޫމް/ށ.އަތޮޅުކައުންސިލްގެ އިދާރާ (އޮންލައިން)
10:00
ށ.އަތޮޅުަކައުންސިލުގެ 4ވަނަ ދައުރުގެ 134ވަނަ ޢާއްމު ޖަލްސާ
މީޓިންގރޫމް/ށ.އަތޮޅުކައުންސިލްގެ އިދާރާ (އޮންލައިން)
13:00