އައި.ޑީ ކާޑު
ދިވެރިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ހިދުމަތް ހޯދުމަށް online.dnr.gov.mv އަށް ވަންނަވާ ބޭނުންވާ ޚިދުމަތެއް ނެންގެވުމަށްފަހު ‘އައު ކާޑެއް ހައްދަން’ އެޕްލިކޭޝަން އެއް ހުށަހަޅުއްވާ، ސޮއި ނުވަތަ މައުލޫމާތު ބަދަލުކުރުމުގެ ޚިދުމަތް ނަންގަވާ.
މީގެ އިތުރުން ކޮންމެ ރަށެއްގެ ރަށު ކައުންސިލްގައިވެސް އައިޑީކާޑު ހެއްދުމަށް ކަލެކްޝަން ޕޮއިންޓްތައް ޤާއިމްކުރެވިފައިވާނެއެވެ. މިގޮތުން އެ ރަށެއްގެ ރަށު ކައުންސިލުން އައިޑީ ކާޑުގެ ޚިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ގަޑީގައި ކައުންސިލަށް ދުރުވުމުން އައިޑީކާޑު ހެއްދުމަށް ބޭނުންވާ މައުލޫމާތު ނަގައި އެޕްލިކޭޝަން ކައުންސިލް މެދުވެރިކޮށް ޑީ.އެން.އާރު އަށް ފޮނުވޭނެއެވެ.
ކާޑުގެ މައުލޫމާތުތައް ރަނގަޅުނަމަ ޑީ.އެން.އާރުގެ ފަރާތުން ކާޑަށް ފައިސާ ދެއްކުމަށް ލިންކް ފޮނުވުމުން ފައިސާ ދައްކެވުމުން ޖެހިގެން އަންނަ ދުވަހު ކާޑު ޕްރިންޓްކޮށް އެރަށެއްގެ ރަށު ކައުންސިލަށް ފޮނުވުމަށް ޙަވާލުކުރެވޭނެއެވެ.