logo

އެއްގަމުގައި ދުއްވާ އުޅަނދުފަހަރުގެ ރަޖިސްޓްރީ ހެއްދުން

ފޯމު އަތޮޅު މިއިދާރާގެ ކައުންޓަރުން ލިބިލައްވާނެއެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ވެބްސައިޓް (transport.gov.mv) އިން ޑައުންލޯޑް ކުރެއްވެން ހުންނާނެއެވެ.

ފޯމް ބަލައިގަތުމަށްފަހު ފޯމް ބަލައިގަތް ކަމުގެ ސްލިޕެއް ދޫކުރެވޭނެއެވެ. ފޯމު ހުށައަޅުއްވާތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި ލިޔުންތައް ވެރިފައި ކުރުމަށް ޓްރާންސްޕޯރޓް އޮތޯރިޓީއަށް ހުށައެޅޭނެއެވެ.

-އެޕްރޫވްވުމުން ފައިސާ ދެއްކުމަށް ވެރިފަރާތައް އެންގޭނެއެވެ. އަދި އެޕްރޫވް ނޫވަނަމަ ދިމާވި މައްސަލަ ސާފުކޮށްދީ ހައްލުކުރުމަށް ފުރުޞަތު ދެވޭނެއެވެ.

އެއްގަމު އުޅަނދުފަހަރުގެ ރަޖިސްޓްރީ ވެރިފަރާތް ބަދަލުކުރުން

ފޯމު އަތޮޅު މިއިދާރާގެ ކައުންޓަރުން ލިބިލައްވާނެއެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ ވެބްސައިޓް (transport.gov.mv) އިން ޑައުންލޯޑް ކުރެއްވެން ހުންނާނެއެވެ.

ފޯމް ބަލައިގަތުމަށްފަހު ފޯމް ބަލައިގަތް ކަމުގެ ސްލިޕެއް ދޫކުރެވޭނެއެވެ. އަދި ރަޖިސްޓްރީ ތައްޔާރުވުމުން ކައުންސިލްގެ އިދާރާއިން ގުޅާފައި ނުވަތަ މެސެޖަކުން ރަޖިސްޓްރީއާއި ޙަވާލުވާން ދުރުވަންވީ ތާރީޚާއި ގަޑި އަންގާނެއެވެ.