08 މާޗް 2026
2025ވަނަ އަހަރުގެ މާލީ ބަޔާން ހިއްސާ ކުރެއްވި ކައުންިސލްގެ ތައް
ނަންބަރު: (PR)227-AS-LC/221/2026/1
ނޫސްބަޔާން
2025ވަނައަހަރުގެމާލީބަޔާން
ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 102 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތިން، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، ރަށު ކައުންސިލްގެ އާމްދަނީއާއި ޚަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، އަތޮޅު ކައުންސިލަށް، ރަށު ކައުންސިލްގެ ރައީސް ހުށަހަޅަންޖެހެއެވެ. އަދި މާލިއްޔަތު ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން، ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހެއްގައި، އެ ޤާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރުވެރިޔާ، ކޮންމެ މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ މާލީ ހިސާބުތައް އޮޑިޓަރ ޖެނެރަލް އޮފީހަށް ހުށަހަޅަންޖެހެއެވެ.
ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 102 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތިން 2025 ވަނަ އަހަރުގެ މާލީ ހިސާބުތައް ފޮނުވި ގޮތާއި ތާރީޚު މިކައުންސިލަށް ހުށައަޅުއްވާފައިވާ މި އިދާރީ ދާއިރާގެ ރަށު ކައުންސިލްތަކުގެ މައުލޫމާތު ތިރީގައި އެވަނީއެވެ.
1. މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލް 22 ފެބްރުއަރީ 2026
2. މިލަދުންމަޑުލު އުތުރުބުރި ފޯކައިދޫ ކައުންސިލް 24 ފެބްރުއަރީ 2026
3. މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލް 25 ފެބްރުއަރީ 2026
4. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލް 26 ފެބްރުއަރީ 2026
5. މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލް 26 ފެބްރުއަރީ 2026
6. މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހީ ކައުންސިލް 27 ފެބްރުއަރީ 2026
7. މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލް 28 ފެބްރުއަރީ 2026
8. މިލަދުންމަޑުލު އުތުރުބުރި ފޭދޫ ކައުންސިލް 28 ފެބްރުއަރީ 2026
9. މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް 28 ފެބްރުއަރީ 2026
10.މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް 28 ފެބްރުއަރީ 2026
11. މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލް 28 ފެބްރުއަރީ 2026
12. މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމް ކައުންސިލް 01 މާރޗް 2026
13. މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް 3 މާރޗް 2026
14.މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލް 8 މާރޗް 2026
ދެންނެވުނު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.
08 މާރޗް 2024