logo

11 ޖަނަވަރީ 2026

ޙާއްސަ އެހީތެރިކަމާއި ޙާއްސަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ހާލަތު ބެލުން (ސެޕްޓެމްބަރ-ޑިސެމްބަރ)

ނޫސްބަޔާން

ނަންބަރު:(PR)227-AS-LC/PRIV/2026/1

ޙާއްސައެހީތެރިކަމާއިޙާއްސަރައްކާތެރިކަންފޯރުކޮށްދޭންޖެހޭފަރާތްތަކުގެހާލަތުބެލުން

(ސެޕްޓެމްބަރ-ޑިސެމްބަރ)

 

ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުނަށް 8 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ރަށުކައުންސިލްތަކުގެ މަސްއޫލިއްޔަތުގެ ތެރޭގައި، ރަށުގައި ރަށްވެހިވެފައިވާ މީހުންގެ ތެރެއިން ޙާއްސަ އެހީތެރިކަމާއި ޙާއްސަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ހާލަތު އެނގޭނެ ދަފްތަރެއް އެކުލަވާލައި، ކޮންމެ 4 މަހުން 1 މަހު އެފަރާތްތަކަށް ޒިޔާރަތްކޮށް ޙާލަތު ބަލައި، ކަމާއިބެހޭ ޤައުމީ އިދާރާތަކަށް ރިޕޯޓްކުރުން ހިމެނެއެވެ.

އެގޮތުން 2025ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާއި ޑިސެމްބަރ މަހާއި ދެމެދު އެފަދަ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލަތު ބެލުމަށްފަހު ރިޕޯޓް އެކުލަވާލައި އެލް.ޖީ.އޭގެ ރިޕޯޓިން ޕޯޓަލަށް ހިއްސާކޮށްފައިވާ މިއިދާރީ ދާއިރާގެ ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

1.  މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް

2.  މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް

3.  މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް

4.  މިލަދުންމަޑޫލު އުތުރުބުރީ މިލަންދު ކައުންސިލް

5.  މިލަދުންމަޑުލު އުތުރުބުރީ ފީވައް ކައުންސިލް

6.  މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލް

7.  މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލް

8.  މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހި ކައުންސިލް

9.  މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލް

10. މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލް

11. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލް

 

ދެންނެވުނު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

 

11 ޖެނުއަރީ 2026