logo

12 ޖަނަވަރީ 2026

ކައުންސިލްގެ ނިންމުންތައް ނިންމުމުގައި ރައްޔިތުންނާއި މަޝްވަރާކުރުމަށް 2025 ވަނަ އަހަރުގެ ތިންވަނަ 4 މަހުގެ ތެރޭގައި ބައްދަލުވުން ބޭއްވުން

ނަންބަރު:(PR)227-AS-LC/PRIV/2026/3

 

ނޫސްބަޔާން

 

ކައުންސިލްގެނިންމުންތައްނިންމުމުގައިރައްޔިތުންނާއިމަޝްވަރާކުރުމަށް2025ވަނައަހަރުގެތިންވަނަ4މަހުގެތެރޭގައިބައްދަލުވުންބޭއްވުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7)ގެ 1-107 ވަނަ މާއްދާގައި ވާގޮތުގެ މަތިން، ރަށެއް ހިންގުމުގައި ނިންމާ މުހިއްމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ކޮންމެ ހަތަރުމަހުން އެއްމަހު ބައްދަލުވުންތައް ބޭއްވުމަކީ ރަށުކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

ދެންނެވުނު ޤާނޫނުގައި ބަޔާންކޮށްފައިވާ މަޤްސަދު ހާސިލްކުރުމަށް 2025 ވަނަ އަހަރުގެ ތިންވަނަ  4 މަހުގައި ބައްދަލުވުން ބާއްވާ، އެ މަޢުލޫމާތު ރިޕޯޓިން ޕޯޓަލްއަށް އަޕްލޯޑް ކޮށްފައިވާ މި އިދާރީ ދާއިރާގެ ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި އެއްވަނީއެވެ.

 

1. މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް

2. މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް

3. މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލް

4. މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލް

5. މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހި ކައުންސިލް

6. މިލަދުންމަޑުލު އުތުރުބުތީ ކަނޑީތީމު ކައުންސިލް

7. މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް

8. މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލް

9. މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލް

10. މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލް

11. މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލް

ދެންނެވުނު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، އެ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

 

12 ޖެނުއަރީ 2026