10 ސެޕްޓެމްބަރ 2025
2025 ވަނަ އަހަރުގެ ދެވަނަ 4 މަހުގެ ރައްޔިތުން ބައްދަލުވުން ބޭއްވުން
ނަންބަރު: (PR)227-AS-LC/221/2025/3
ނޫސްބަޔާން
ކައުންސިލްގެނިންމުންތައްނިންމުމުގައިރައްޔިތުންނާއިމަޝްވަރާކުރުމަށް2025ވަނައަހަރުގެދެވަނަ4މަހުގެތެރޭގައިބައްދަލުވުންބޭއްވުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7)ގެ 1-107 ވަނަ މާއްދާގައި ވާގޮތުގެ މަތިން، ރަށެއް ހިންގުމުގައި ނިންމާ މުހިއްމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ކޮންމެ ހަތަރުމަހުން އެއްމަހު ބައްދަލުވުންތައް ބޭއްވުމަކީ ރަށުކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.
ދެންނެވުނު ޤާނޫނުގައި ބަޔާންކޮށްފައިވާ މަޤްސަދު ހާސިލްކުރުމަށް 2025 ވަނަ އަހަރުގެ ދެވަނަ 4 މަހުގައި ބައްދަލުވުން ބާއްވާ، އެ މަޢުލޫމާތު ރިޕޯޓިން ޕޯޓަލްއަށް އަޕްލޯޑް ކޮށްފައިވާ މި އިދާރީ ދާއިރާގެ ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި އެއްވަނީއެވެ.
1. މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް
2. މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް
3.މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލް
4. މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލް
5.މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހި ކައުންސިލް
6. މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލް
7. މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް
8.މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލް
9.މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލް
10.މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލް
11. މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލް
12. މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލް
ދެންނެވުނު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، އެ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.
10 ސެޕްޓެމްބަރ 2025