04 އޯގަސްޓް 2025
2026 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު އަތޮޅު ކައުންސިލަށް ލިބުނު ގޮތުގެ މަޢުލޫމާތު އާންމުކުރުން

ނަންބަރު:(PR)227-AS-LC/PRIV/2025/5
ނޫސްބަޔާން
2026ވަނައަހަރުގެމަސައްކަތުތާވަލާއިބަޖެޓުއަތޮޅުކައުންސިލަށްލިބުނުގޮތުގެމަޢުލޫމާތުއާންމުކުރުން
ޤާނޫނުގެ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ) 105 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ކުރިއަށް އޮތް އަހަރު (2026) ގެ މަސައްކަތު ތާވަލާއި، ބަޖެޓް ތައްޔާރުކޮށް ރަށުކައުންސިލް ތަކުން އަތޮޅުކައުންސިލަށް ހުށަހެޅުމަކީ ޤާނޫނުން ރަށުކައުންސިލްތަކަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާއެކެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް 2026 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި، ބަޖެޓް ހުށަހަޅާފައިވާ މިއިދާރީ ދާއިރާގެ ރަށުކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައިއެވަނީއެވެ.
1. މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
2. މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
3. މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
4. މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
5. މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
6. މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހީ ކައުންސިލްގެ އިދާރާ
7. މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލްގެ އިދާރާ
8. މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
9. މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ
10. މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
11. މިލަދުންމަޑުލު އުތުރުބުރީ ކޮމަންދޫ ކައުންސިލްގެ އިދާރާ
12. މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ
13. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
14. މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
މި އިދާރީ ދާއިރާގެ ހުރިހާ ރަށު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.
04 އޮގަސްޓް 2025