29 ޖުލައި 2025
2025 ފުރަތަމަ ހަ މަސްދުވަހުގެ ހަރަކާރު ރިޕޯޓް
ނަންބަރު:(PR)227-AS-LC/227/2025/3

ނޫސްބަޔާން
2025ވަނައަހަރުފުރަތަމަހަމަހުކައުންސިލުންހިންގިޙަރަކާތްތަކުގެތަފްޞީލުރިޕޯޓްހުށައަޅާފައިވާރަށުކައުންސިލްތަކުގެމަޢުލޫމާތުއާއްމުކުރުން
ޤާނޫނު ނަންބަރު: 2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 105 ވަނަ މާއްދާ ގައިވާގޮތުގެ މަތިން، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ކުރިން، އެއަހަރެއްގެ ފުރަތަމަ 6(ހައެއް) މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްސީލު ރިޕޯޓު ރަށު ކައުންސިލްތަކުން އަތޮޅު ކައުންސިލަށް ހުށަހެޅުމަކީ ޤާނޫނުން ރަށު ކައުންސިލްތަކަށްމަތިކޮށްފައިވާ ޒިންމާއެކެވެ.
ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް 2025 ވަނަ އަހަރު ފުރަތަމަ ހަ މަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ރިޕޯޓް ހުށައަޅާފައިވާ މި އިދާރީ ދާއިރާގެ ރަށު ކައުންސިލްތަކުގެ މައުލޫމާތު ތިރީގައި އެވަނީއެވެ.
1. މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް
2. މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް
3. މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް
4. މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލް
5. މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލް
6. މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހި ކައުންސިލް
7. މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް
8. މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލް
9. މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލް
10. މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލް
11. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލް
12. މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލް
13. މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލް
14. މިލަދުންމަޑޫލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ
ދެންނެވުނު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.
24 ޖުލައި 2025