logo

25 މެއި 2025

2025 ވަނަ އަހަރުގެ ފުރަތަމަ 4 މަހުގެ ރައްޔިތުން ބައްދަލުވުން ބޭއްވުން

ނަންބަރު: (PR)227-AS-LC/PRIV/2025/3

 

ނޫސްބަޔާން

 

 

ކައުންސިލްގެނިންމުންތައްނިންމުމުގައިރައްޔިތުންނާއިމަޝްވަރާކުރުމަށް2025ވަނައަހަރުގެފުރަތަމަމަހުގެތެރޭގައިބައްދަލުވުންބޭއްވުން

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7)ގެ 1-107 ވަނަ މާއްދާގައި ވާގޮތުގެ މަތިން، ރަށެއް ހިންގުމުގައި ނިންމާ މުހިއްމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ކޮންމެ ހަތަރުމަހުން އެއްމަހު ބައްދަލުވުންތައް ބޭއްވުމަކީ ރަށުކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

ދެންނެވުނު ޤާނޫނުގައި ބަޔާންކޮށްފައިވާ މަޤްސަދު ހާސިލްކުރުމަށް 2025 ވަނަ އަހަރުގެ ފުރަތަމަ 4 މަހުގައި ބައްދަލުވުން ބާއްވާ، އެ މަޢުލޫމާތު މި ކައުންސިލަށް ޙިއްސާކުރުމަށް ވާނީ ދަންނަވާފައެވެ. އެގޮތުން، އެ ބައްދަލުވުން ބޭއްވުމަށްފަހު އެ މައުލޫމާތު މިކައުންސިލާއި ހިއްސާކޮށްފައިވާ މި އިދާރީ ދާއިރާގެ ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

1.                  މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް

2.                  މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް

3.                  މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލް

4.                  މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލް

5.                  މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހި ކައުންސިލް

6.                  މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލް

7.                  މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް

8.                  މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލް

9.                  މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލް

10.              މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލް

11.              މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލް

12.              މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލް

13.              މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލް

ދެންނެވުނު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، އެ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

22  މެއި 2025