logo

25 މެއި 2025

ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ފޯތުކޮށްދޭންޖެހޭ ފަތާރްތަކުގެ ހާލު ބެލުން(ޖެނުއަރީ،އޭޕްރިލް)

ނަންބަރު:(PR)227-AS-LC/227/2025/1

 

ނޫސްބަޔާން

ޙާއްސައެހީތެރިކަމާއިޙާއްސަރައްކާތެރިކަންފޯރުކޮށްދޭންޖެހޭފަރާތްތަކުގެހާލަތުބެލުން

(ޖެނުއަރީ-އޭޕްރީލް)

 

ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުނަށް 8 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ރަށުކައުންސިލްތަކުގެ މަސްއޫލިއްޔަތުގެ ތެރޭގައި، ރަށުގައި ރަށްވެހިވެފައިވާ މީހުންގެ ތެރެއިން ޙާއްސަ އެހީތެރިކަމާއި ޙާއްސަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ހާލަތު އެނގޭނެ ދަފްތަރެއް އެކުލަވާލައި، ކޮންމެ 4 މަހުން 1 މަހު އެފަރާތްތަކަށް ޒިޔާރަތްކޮށް ޙާލަތު ބަލައި، ކަމާއިބެހޭ ޤައުމީ އިދާރާތަކަށް ރިޕޯޓްކުރުން ހިމެނެއެވެ.

އެގޮތުން މިއަހަރުގެ ޖެނުއަރީ މަހާއި އޭޕްރީލް ދެމެދު އެފަދަ ފަރާތްތަކަށް ޒިޔާރަތްކޮށް ހާލަތު ބެލުމަށްފަހު ރިޕޯޓް އެކުލަވާލައި މިކައުންސިލަށް ހިއްސާކޮށްފައިވާ މި އިދާރީ ދާއިރާގެ ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

1.                  މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް

2.                  މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް

3.                  މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް

4.                  މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލް

5.                  މިލަދުންމަޑުލު އުތުރުބުރީ ފީވައް ކައުންސިލް

6.                  މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލް

7.                  މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް

8.                  މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލް

9.                  މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލް

10.              މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހި ކައުންސިލް

11.              މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލް

12.              މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލް

13.              މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލް

 

ދެންނެވުނު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

 

21 މެއި 2025