04 މާޗް 2025
2024 ވަނަ އަހަރުގެ މާލީ ބަޔާން
ނަންބަރު:(PR)227-AS-LC/221/2025/1
ނޫސްބަޔާން
2024ވަނައަހަރުގެމާލީބަޔާން
ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 102 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތިން، ކޮންމެ މާލީ އަހަރެއް ނިމޭތާ ލަސްވެގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި، ރަށު ކައުންސިލްގެ އާމްދަނީއާއި ޚަރަދާއި، މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، އަތޮޅު ކައުންސިލަށް، ރަށު ކައުންސިލްގެ ރައީސް ހުށަހަޅަންޖެހެއެވެ. އަދި މާލިއްޔަތު ޤާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ވާގޮތުގެ މަތިން، ސަރުކާރުގެ ކޮންމެ މަސްއޫލު އޮފީހެއްގައި، އެ ޤާނޫނުގެ ދަށުން ކަނޑައަޅާ ޒިންމާދާރުވެރިޔާ، ކޮންމެ މާލީ އަހަރެއް ނިމޭތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ މާލީ ހިސާބުތައް އޮޑިޓަރ ޖެނެރަލް އޮފީހަށް ހުށަހަޅަންޖެހެއެވެ.
ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 102 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތިން 2024 ވަނަ އަހަރުގެ މާލީ ހިސާބުތައް ފޮނުވި ގޮތާއި ތާރީޚު މިކައުންސިލަށް ހުށައަޅުއްވާފައިވާ މި އިދާރީ ދާއިރާގެ ރަށު ކައުންސިލްތަކުގެ މައުލޫމާތު ތިރީގައި އެވަނީއެވެ.
1.މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލް 27 ފެބްރުއަރީ 2025
2.މިލަދުންމަޑުލު އުތުރުބުރި ފޯކައިދޫ ކައުންސިލް 26 ފެބްރުއަރީ 2025
3.މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލް 27 ފެބްރުއަރީ 2025
4.މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލް 27 ފެބްރުއަރީ 2025
5.މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލް 26 ފެބްރުއަރީ 2025
6.މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލް 28 ފެބްރުއަރީ 2025
7.މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް 27 ފެބްރުއަރީ 2025
8.މިލަދުންމަޑުލު އުތުރުބުރި ގޮއިދޫ ކައުންސިލް 28 ފެބްރުއަރީ 2025
9.މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހި ކައުންސިލް 27 ފެބްރުއަރީ 2025
10.މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް 27 ފެބްރުއަރީ 2025
11.މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލް 28 ފެބްރުއަރީ 2025
12.މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލް 28 ފެބްރުއަރީ 2025
13.މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލް 27 ފެބްރުއަރީ 2025
14.މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލް 03 މާރޗް 2025
ދެންނެވުނު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.
04 މާރޗް 2025