logo

17 ސެޕްޓެމްބަރ 2024

ޚާއްސަ އެހީތެރިކަން ފޯރުކޮއްދޭން ޖެހޭ ފަރާތްތަކުގެ ޙާލުބެލުމަށްފަހު އެ މަޢުލޫމާތު އަތޮޅު ކައުންސިލަށް ހިއްަސާކުރެއްވި ރަށްތައް

ނޫސްބަޔާން

މެއި-އޮގަސްޓްމަހުގެޚާއްސައެހީތެރިކަމާއިރައްކާތެރިކަންފޯރުކޮށްދޭންޖެހޭފަރާތްތަކުގެޙާލުބެލުން.

ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުނަށް 8 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި ރަށުކައުންސިލްތަކުގެ މަސްއޫލިއްޔަތުގެ ތެރޭގައި، ރަށުގައި ރަށްވެހިވެފައިވާ މީހުންގެ ތެރެއިން ޙާއްސަ އެހީތެރިކަމާއި ޙާއްސަ ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ޙާލަތު އެނގޭނެ ދަފްތަރެއް އެކުލަވާލައި، ކޮންމެ 4 މަހުން 1 މަހު އެފަރާތްތަކަށް ޒިޔާރަތްކޮށް ޙާލަތު ބަލައި، ކަމާއިބެހޭ ޤައުމީ އިދާރާތަކަށް ރިޕޯޓްކުރުން ހިމެނެއެވެ. 

އެގޮތުން 2024 ވަނަ އަހަރުގެ މެއި މަހާއި އޮގަސްޓް މަހާއި ދެމެދު އެފަދަ ފަރާތްތަކަށް ޒިޔާރަތްކޮށް ޙާލަތު ބެލުމަށްފަހު ރިޕޯޓް އެކުލަވާލައި މިކައުންސިލަށް ހިއްސާކޮށްފައިވާ ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި އެވެނީއެވެ.

1- މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ.

2- މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ. 

3- މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ.

4- މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ. 

5- މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލްގެ އިދާރާ.

6- މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހީ ކައުންސިލްގެ އިދާރާ.

7- މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލްގެ އިދާރާ.

8- މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ.

9- މިލަދުންމަޑުލު އުތުރުބުރީ މަރޮށީ ކައުންސިލްގެ އިދާރާ.

10- މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ.

11- މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލްގެ އިދާރާ.

12- މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލްގެ އިދާރާ.

13- މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ.

14- މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ.

ދެންނެވުނު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

17 ސެޕްޓެމްބަރ 2024