logo

05 މާޗް 2024

ކައުންސިލްގެ ނިންމުންތައް ނިންމުމުގައި ރައްޔިތުންނާއި މަޝްވަރާކުރުމަށް 2023 ވަނަ އަހަރުގެ ތިންވަނަ 4 މަހުގެ ތެރޭގައި ބައްދަލުވުން ބޭއްވުން

ނޫސްބަޔާން

 ނަންބަރު:(PR)227-AD-PM/227/2024/2

 

ކައުންސިލްގެނިންމުންތައްނިންމުމުގައިރައްޔިތުންނާއިމަޝްވަރާކުރުމަށް2023ވަނައަހަރުގެތިންވަނަ4 މަހުގެތެރޭގައިބައްދަލުވުންބޭއްވުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (2010/7) ގެ 1-107 ވަނަ މާއްދާގައި ވާގޮތުގެ މަތިން، ރަށެއް ހިންގުމުގައި ނިންމާ މުހިއްމު ނިންމުންތައް ނިންމުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ކޮންމެ ހަތަރުމަހުން އެއްމަހު ބައްދަލުވުންތައް ބޭއްވުމަކީ ރަށުކައުންސިލްތަކަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

ދެންނެވުނު ޤާނޫނުގައި ބަޔާންކޮށްފައިވާ މަޤްސަދު ހާސިލްކުރުމަށް 2023 ވަނަ އަހަރުގެ ތިންވަނަ 4 މަހުގައި ބައްދަލުވުން ބާއްވާ، އެ މަޢުލޫމާތު މި ކައުންސިލަށް ޙިއްސާކުރުމަށް ވާނީ ދަންނަވާފައެވެ. އެގޮތުން، އެ ބައްދަލުވުން ބޭއްވުމަށްފަހު އެ މައުލޫމާތު މިކައުންސިލާއި ހިއްސާކޮށްފައިވާ މި އިދާރީ ދާއިރާގެ ރަށު ކައުންސިލްތަކުގެ މަޢުލޫމާތު ތިރީގައި އެއްވަނީއެވެ.

 

1. މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލް

2. މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލް

3. މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލް

4. މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލް

5. މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލް

6. މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލް

7. މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލް

8. މިލަދުންމަޑުލު އުތުރުބުރީ މަރޮށި ކައުންސިލް

9. މިލަދުންމަޑުލު އުތުރުބުރީ ބިލެއްފަހި ކައުންސިލް

10.މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލް

11. މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ކައުންސިލް

12. މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލް

13. މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލް

 

ދެންނެވުނު ކައުންސިލްތަކުން، އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، އެ ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، އަތޮޅު ކައުންސިލްގެ ފަރާތުން މަރުޙަބާ ދަންނަވަމެވެ.

 

11 ޖެނުއަރީ 2024