logo

26 ޖުލައި 2025

މިނިވަންދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

      ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މި ފަޚުރުވެރި މުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު 6:00ގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ށ.އަތޮޅުކައުންސިލް އިދާރާގެ ގޯތިތެރޭގައި ބާއްވައިފިއެވެ.  

       ފުނަދޫގެ މުއައްސަސާތަކުގެ ވެރިންނާއި، މުވައްޒަފުންނާއި، ފުނަދޫ ސްކޫލުގެ ސްޓޫޑެންޓް ލީޑަރުންނާއި، ކެޑޭޓް ދަރިވަރުން ބައިވެރިވި މި ރަސްމިއްޔާތުގައި ދިދަ ނަންގަވައިދެއްވީ ށ.އަތޮޅުކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް މުޙައްމަދު ޙަސަނެވެ. ކީރިތި ޤުރުއާންގެ ބަރަކާތުން މި ރަސްމިއްޔާތު ފަށްޓަވައިދެއްވީ ފުނަދޫ ސްކޫލުގެ ދަރިވަރު ޒަހާ މުޙައްމަދު މުބީނެވެ. ދުވަހާ ގުޅޭގޮތުން ވާހަކަދެއްކެވީ ފުނަދޫ ސްކޫލުގެ ދަރިވަރު ޢާއިޝަތު ނައުމާއެވެ. މި ރަސްމިއްޔާތު ތަޢާރަފް ކުރުމުގެ ގޮތުން ށ.އަތޮޅުކައުންސިލުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ ފާޠިމަތު ރިޝްފާ ވާހަކަދެއްކަވާފައިވާއިރު، ޤައުމީ ސަލާމް ކިއުމުގައި އެންމެހާ ޙާޟިރީން ބައިވެރިވެލައްވާފައިވެއެވެ.