logo

13 މެއި 2025

ކެޕޭސިޓީ ޑިވެލޮޕްމަންޓް ތަމްރީނު ޕްރޮގްރާމް" ށ.އަތޮޅުގައި ކުރިޔަށް ގެންގޮސްފި

މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދެވުނީ 2025 މެއި 10 އިން 12 އަށް، ށ. ފުނަދޫ އަތޮޅުވެހި މީޓިންގ ހޯލުގައެވެ. ޕްރޮގްރާމުގައި އަތޮޅުގެ އެކި ރަށްރަށާއި ފުނަދޫގެ މުއައްސަސާތައް ހިމެނޭހެން ޖުމްލަ 32 ބައިވެރިން ބައިވެރިވިއެވެ. ޕްރޮގްރާމުގެ ފެސިލިޓޭޓަރުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓްގެ މާހިރުންނެވެ.މި ތަމްރީނު ޕްރޮގްރާމަކީ ކައުންސިލްތަކުގެ މަދަނީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް އަމާޒުކޮށްގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ށ. އަތޮޅުގެ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، މުވައްޒަފުންގެ މަސައްކަތުގެ ހުނަރާއި ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.ތަމްރީނު ޕްރޮގްރާމުގެ ސެޝަންތަކުގައި އަންނަނިވި މައުޟޫޢުތަކަށް އަލިއަޅުވާލެވުނެވެ.- ކައުންސިލްތަކުގައި ލަނޑުދަނޑިތައް ކަނޑައެޅުމާއި ނަތީޖާ ޙާޞިލުކުރުން- ޢާންމު މުއައްސަސާތަކުގައި ލީޑަރޝިޕް ހުނަރުތަކާއި ސިފަތައް- ޓްރެއިނިންގ ނީޑްސް އެސެސްމަންޓް (ޓީ.އެން.އޭ) ކުރިއަށް ގެންދާނެ ގޮތް- ޚިދުމަތުގެ އުޞޫލު މުރާޖަޢާކުރުމާއި ތަންފީޛުކުރުން- އަޚްލާޤު، އަގުތަކާއި ސަޤާފަތް އަށަގެންނެވުމުގެ ގޮތްތައް- ބައިވެރިންގެ މެދުގައި ތަޖުރިބާ ހިއްސާކުރުންމި ޕްރޮގްރާމަކީ ށ. އަތޮޅުގެ ކައުންސިލްތަކުގެ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.