03 ޑިސެމްބަރ 2024
މިލައުތުރު ހޭންޑްބޯލް މުބާރާތް 2024 - ފޭދޫ ހޭންޑްބޯލް ޓީމުން ޗެމްޕިއަންކަން ދަމަހައްޓައިފި
ކުޅިވަރުގެ ދާއިރާގައި ޙަރަކާތެރިވާ ކަނބަލުންގެ ޢަދަދު އިތުރުކޮށް އެޝައުޤު ދެމެހެއްޓުމާއި، އެފަރާތްތަކުގެ ހުނަރު ފައްކާކުރެވޭނެ އަދި ހުނަރު ދައްކާލެވޭނެ މާޙައުލެއް ފަހިކޮށްދީ ރާއްޖެ އަދި ސަރަޙައްދީ ފެންވަރުގެ ކުޅުންތެރިން އުފެއްދުމުގެ މަގުޞަދުގައި ށ.އަތޮޅަށް ހުޅުވާލާއިގެން ބޭއްވި މިލައުތުރު ހޭންޑްބޯލް މުބާރާތް 2024 ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
ށ.އަތޮޅުގެ 12 ރަށަކުން ވާދަކުރި މި މުބާރާތުގައި ތަފާތު ހުނަރުވެރިކަމާއި ވާދަވެރި ރޫހު ދައްކުވައިދީފައިވެއެވެ. ދެ ގުރޫޕަކަށް ބަހާލައިގެން ށ.ކޮމަންޑޫ އާއި ށ.ފޯކައިދޫގައި ދެ ހަފުތާގެ މުއްދަތައް ކުރިއަށް ދިޔަ ފޯރިގަދަ މެޗުތަކަކަށްފަހު، މިލައުތުރު ހޭންޑްބޯލް މުބާރާތް 2024 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފުރަތަމަ މުބާރާތުގެ ވެސް ޗެމްޕިއަން ށ.ފޭދޫ ހޭންޑްބޯލް ޓީމެވެ. ރަނަރަޕް ޓީމަކަށް ހޮވިފައިވަނީ ފޯކައިދޫ ހޭންޑް ބޯލް ޓީމެވެ.
ޗެމްޕިއަންޓީމަށް 35000 ރުފިޔާ އާއި ރަނަރަޕް ޓީމަށް 15000 ރުފިޔާ ދޭގޮތަށް ކުރިއަށް ގެންދާ މި މުބާރާތަކީ ކޮންމެ 2 އަހަރަކުން 1 އަހަރަކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.