logo

04 ސެޕްޓެމްބަރ 2024

ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފި

      1446ވަނަ އަހަރުގެ ޤައުމީ ދުވަހުގެ ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތު މިއަދު ހެނދުނު 6:00ގައި ށ.އަތޮޅު ކައުންސިލް އިދާރާގެ ގޯތިތެރޭގައި ބާއްވައިފިއެވެ.

      ދިވެހިންގެ ހިތްތަކުގައި ޤައުމީ ރޫޙުއާލާކުރުމުގެ މަޤްޞަދުގައި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި ކުރިޔަށްގެންދެވުނު މި ރަސްމިއްޔާތު ފެށިގެން ދިޔައީ އަލްޤާރީ އިބްރާހީމް މުޙައްމަދުގެ ކީރިތި ޤުރުއާން ކިޔެވުމުންނެވެ. އެ އަށްފަހު ޤައުމީ ދިދަ ނަންގަވައިދެއްވީ އަތޮޅު ކައުންސިލް މެންބަރު އަދި ފުނަދޫ ކައުންސިލުގެ ރައީސް އަޙްމަދު އިބްރާހީމްފުޅެވެ. މި ރަސްމިއްޔާތު ނިމިގެން ދިޔައީ އެންމެހާ ޙާޟިރީން ބައިވެރިވާ ޤައުމީ ސަލާމުންނެވެ.

      ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވުޒާރާ އާއި، ށ.އަތޮޅުކައުންސިލާއި، ފުނަދޫގައި ހުރި ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ބޭއްވުނު މި ރަސްމިއްޔާތުގައި ށ.އަތޮޅުކައުންސިލާއި، ފުނަދޫ ކައުންސިލާއި، ފުނަދޫ ޕޮލިސް ސްޓޭޝަނާއި، ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ބްރާންޗާއި، އަތޮޅު ހޮސްޕިޓަލާއި، ށ.ފުނަދޫ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރާއި، ފުނަދޫ އެއަރޕޯޓް އޮފީހާއި، ފުނަދޫ ސްކޫލުގެ އިސްވެރިންނާއި، މުވައްޒަފުންގެ އިތުރުން ފުނަދޫ ސްކޫލުގެ ކެޑޭޓާއި، ގާރލްގައިޑް، އަދި ސްކޫލުގެ އިސް މަޤާމުތަކުގައި ތިއްބެވި ދަރިވަރުން ބައިވެރިވެފައިވެފައިވެއެވެ.