logo

11 އޯގަސްޓް 2024

ގެވެށި އަނިޔާއަށް ހޭލުންތެރިކުރުވުމުގެ ގޮތުން ށ.އަތޮޅު ކައުންސިލުން އިސްނަގައިގެން މުޖުތަމަޢު ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ހިއުމަން ރައިޓްސް ކަމިޝަނާއި ރަށްރަށުގެ ރަށުކައުންސިލުތައް ގުޅިގެން މިމަހުގެ 10 އިން 13އަށް ކުރިއަސްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް އަތޮޅުގެ 5 ރަށެގައި ކުރިއަށް ގެންދިއުމަށް އަތޮޅު ކައުންސިލުން ވަނީ ނިންމާފައެވެ.

އެގޮތުން  ށ. ފުނަދޫ ، ށ.ޅައިމަގު، ށ.ފޯކައިދޫ، ށ.ކޮމަންޑޫ އަދި ށ. މާއުނގޫދޫ ގައި މި ޕޮރޮގްރާމް ކުރިއަށް ގެންދެވޭނެއެވެ.  މި ޕްރޮގްރާމްގެ ދަށުން ބެއްވޭ ބައްދަލުވުންތަކުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤަނޫނަށް އަހުލުވެރިކުރުވުމާއި، އިންސާނީ ޙައްޤުތަކަށް ބިނާކޮށް ތަރައްޤިއަށް މަސައްކަތްކުރުމާއިގޫޅޭ ގޮތުން އަދި ގެވަށި އަނިޔާ ޙުއްޓުވުމާއި ގޫޅޭ ގޮތުން މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްދެއްވުމަށް ހިއުމަން ރައިޓްސް ކަމިޝަންގެ ފަރާތުން ވަޑައިގެންނެވީ، ކަމިޝަނަރ ސަމާޢު އަޙުމަދު ނަޖީބު، ސީނިއަރ އެޑްވޮކަސީ އޮފިސަރ މުޙައްމަދު ސަނޫން،އަދި  ސީނިއަރ އެޑްވޮކަސީ އޮފިސަރ ފާތިމަތު އަޙުމަދެވެ.

"މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަޤްސަދަކީ ގެވެށި އަނިޔާ ހުއްޓުވުމާއި އެފަދަ އަމަލުތަކަށް މުޖުތަމަޢު ހޭލުންތެރި ކުރުވުމެވެ.