logo

01 އޭޕްރިލް 2024

ސިވިލްސަރވިސް ގަވާއިދަށް އަހުލުވެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ބާއްވައިފި.

އަތޮޅު ކައުންސިލާއި ރަށު ކައުންސިލުތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ކައުންސިލުތަކުގެ އިސް މުވައްޒަފުނަށް ސިސވިލްސާރވިސްގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމަށް 2 ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ކުރިއަސް ގެންގޮސްފިއެވެ. ފެބުރުއަރީ 10ކުން 11އަށް ކުރިއަށް ގެންދެވުނު މި މަސައްކަތު ބައްދަލުވުމުގައި ރަށުކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްއާއި އެޗް.އާރުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއި އެކު 26ބައިވެރިން އަދި ށ.އަތޮޅުކައުންސިލްގެ 5މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިވާރކް ޝޮޕްގައި ފެސިލިޓޭޓަރެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ ސިވިލް ސަރވިސް ކޮމިޝަންގެ ނައިބުރައީސް އަލްފާޟިލް އިބްރާހީމް ރަޝީދުއަދި އެކޮމިޝަންގެ ކައުންސިލް ޖެނެރަލް އަލްފާޟިލް އިބްރާހީމް ރަޝީދުއެވެ. މި ވާރކްޝޮޕްގައި ސިވިލް ސަރވިސް ގަވާއިދަށް އައިސްފައިވާ އިސްލާޙުތަކާއި، އެއިސްލާޙުތަކަށް އަހުލުވެރިކުރުމުގެ ގޮތުން އަދި ސުވާލާއި ޖަވާބުގެ ސެޝަނަކާއި އަދި ރަށުކައުންސިލްތަކުގެ އެސްޖީ.އިންނާއިއެކު ސިވިލްސަރވިސް ކޮމިޝަންގެ ނައިބުރައީސް ބައްދަލުކުރައްވާ ކައުންސިލްތަކުގައި ހުރި ކަންބޮޑުވުންތައް ނައިބު ރައީސާ ޙިއްސާކުރައްވާފައިވެއެވެ.