logo

06 ސެޕްޓެމްބަރ 2023

މުވައްޒަފުން ތާޒާކުރުމުގެ ޕްރޮގްރާމު ހިންގައިފި

ށ.އަތޮޅުކައުންސިލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މިއަހަރު ހިންގުމަށް ތާވަލުކުރެވިފައިވާ މުވައްޒަފުން ތާޒާކުރުމުގެ ޕްރޮގްރާމު 2023 އޯގަސްޓް 10 އިން 11 އަށް ހިންގައިފިއެވެ.

 

ސިވިލް ސަރވިސް މުވައްޒަފުން ކޮންމެ އަހަރަކު ފުރިހަމަކުރައްޖެހޭ 6 ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމުގެ ގޮތުގައި މިއަހަރަށް ރާވައިގެން ކުރިޔަށްގެންދެވުނު މި ޕްރޮގްރާމުގެ މަޤްޞަދަކީ އަތޮޅުކައުންސިލުގެ މުވައްޒަފުން މަސައްކަތަށް ޝައުޤުވެރިކޮށް ގުޅިގެން މަސައްކަތްކުރުމުގެ ރޫޙް އިތުރުކޮށް މުވައްޒަފުން ތާޒާކުރުމެވެ.

 

މި ތަމްރީނު ޕްރޮގްރާމުގައި ލީޑަރޝިޕާއި، ޓައިމް މެނޭޖްމަންޓާއި، މައިންޑް ސެޓްކުރާނެ ގޮތްތަކުގެ މަޢުލޫމާތު ބައިވެރިންނަށް އޮޅުންފިލުވައިދެއްވިއެވެ. ޕްރޮގްރާމު ފެސިލިޓޭޓް ކޮށްދެއްވީ ޕްރޮޒިޑެންޓް އޮފް އެމް.އޭ.އެޗް.އާރު.ޕީ ޢަފީފް ޙުސައިނެވެ.

 

އަތޮޅުކައުންސިލުގެ އިދާރީ މުވައްޒަފުންގެ އިތުރުން ފުނަދޫ ސްކޫލުގެ އިދާރީ މުވައްޒަފުން ބައިވެރިވި މި ތަމްރީނު ޕްރޮގްރާމުގައި ޖުމުލަ 26 މުވައްޒަފުން ބައިވެރިވެ ފުރިހަމަކޮށްފައިވެއެވެ.