06 ސެޕްޓެމްބަރ 2023
ބަޖެޓް އެންޑް ޕްރޮކިއުމެންޓް ޓްރެއިނިންގ ޕްރޮގްރާމެއް ބާއްވައިފި

ލޯކަލް ގަވަރމެންޓް އޮތޯރިޓީއާއި، ށ. އަތޮޅުކައުންސިލާ ގުޅިގެން ބަޖެޓް އެންޑް ޕްރޮކިއުމެންޓް ޓްރޭނިންގ ޕްރޮގްރާމެއް ފުނަދޫގައި ބާއްވައިފިއެވެ.
ރަށު ކައުންސިލްތަކުގެ ޑިރެކްޓަރޖެނެރަލުންނާއި، ބަޖެޓްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން 2023 އޮގަސްޓު 24 އިން 25 އަށް ކުރިޔަށްގެންދެވުނު މި ޕްރޮގްރާމުގައި ޕްރޮކިއުމެންޓްގެ މަޢުލޫމާތާއި، ބަޖެޓް އަޅާނެ ގޮތުގެމަޢުލޫމާތާއި، ގެމެން ޕޯޓަލްއާ ބެހޭގޮތުންނާއި، އިޖްރާޢީ ޤަވާޢިދާ ބެހޭގޮތުން ބައިވެރިންނާ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. މި ޕްރޮގްރާމުގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައިވަނީ ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ޝިފާ ޢަލީ އާއި، މުޙައްމަދު ވިޝާމުގެ އިތުރުން ށ.އަތޮޅުކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޙަސަނެވެ.
މި ޕްރޮގްރާމުގައި ށ.ކަނޑިތީމު، ގޮއިދޫ، ފީވައް، ބިލެތްފަހީ، ފޯކައިދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ކޮމަންޑޫ، ފުނަދޫ، ކައުންސިލް އިދާރާއާއި، އަތޮޅުކައުންސިލް އިދާރާއިން ޖުމުލަ 24 މުވައްޒަފުން ބައިވެރިވެ، ޓްރޭނިން ފުރިހަމަކޮށްފައިވެއެވެ.