ދީނާއި، ޘަޤާފަތާއި ތަރިކަ ރައްކާތެރިކުރުމާއި ޤައުމިއްޔަތު ދިރުވާ ޢާލާކުރުން
ގައުމީ ޤުރުޢާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުން
100%
ޒިންމާވާ ފަރާތް/ޔުނިޓް
ޕަބްލިކް ސަރވިސް ޔުނިޓް
ސުންގަޑި
31 ޖަނަވަރީ 2024
ހާލަތު
ނިމިފައި
ތައާރަފާއި މަޤުސަދު
ކީރިތި ޤުރުއާނާއި ބެހޭޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން "ޤުރުޢާން ކިޔެވުމުގެ 36ވަނަ ޤައުމީ މުބާރާތް" 29 ޖޫން 2024ން 12 ޖުލައި 2024ށް ކުރިއަށް ގެންދެވިފައި ވަނީ މާލޭގައެވެ. މި މުބާރާތުގައި މި އަތޮޅުގެ 08 ރަށަކުން ޖުމްލަ 19 ދައިވަރުންވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި މި އަތޮޅުން ބައިވެރިވި 19 ދަރިވަރުންގެ ދެކޮޅު ޓިކެޓާއި ކޮންމެ ދަރިވަރަކަށް އެލަވެންސެއް ކައުންސިލްގެ ބަޖެޓުންވަނީ ހަމަޖައްސާދެވިފައެވެ. އަދި ދަރިވަރުނަނާއި އެކު ބައިވެރިވާ އޮފިޝަލްގެ ދެކޮޅު ޓިކެޓާއި އެކޮމަޑޭޝަންވެސް ވަނީ މިކައުންސިލުން ހަމަޖައްސަވައިދެވިފައެވެ. މި ޕްރޮގްރާމަކީ ދީނާއި، ޘަޤާފަތާއި ތަރިކަ ރައްކާތެރިކުރުމާއި ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް މިކައުންސިލްގެ މަސައްކަތު ތާވަލުގައި ހިމަނައިގެން ކުރިއަށް ގެންދެވުނު ޕްރޮގްރާމެކެވެ. މިޕްރޮގްރާމަށް އަތޮޅު ކައުންސިލްގެ ބަޖެޓުން -/49،894 (ސާޅީސް ނުވަހާސް އަށްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ) ވަނީ ޚަރަދު ކުރެވިފައެވެ.