logo
fuel terminal

ށ. ބިލަތްފަހި

ރަށުގެ އިޤްތިޞާދު ބިނާވެފައިވަނީ، ކިއްސަރުވަޑާމުގެ މަސައްކަތުގެ މައްޗަށެވެ. މިރަށަކީ މުޅި އަތޮޅުން ކިއްސަރު ވަޑާމަށް އެންމެ މަޝްހޫރު ރަށެވެ. އަދި މުޅި އަތޮޅުގައިވެސް ރުކުފަތީގެ މަސައްކަތް ކުރާ ހަމައެކަނި ރަށަކީ މިރަށްކަން ފާހަގަކޮށްލެވެއެވެ. ރުކުފަތިން ހަދާ ތަކެތީގެ ތެރޭގައި ހަލަންޏާއި ބަތްޕޮޅި ހިމެނެއެވެ.

ރަށުގެ އާބާދީ

769

ޕޯސްޓް ކޯޑު

03060

ބިމުގެ ބޮޑުމިން

0

ށ. ބިލެތްފައްސަކީ ޤުދުރަތީގޮތުންރީތި ބޮޑުފަޅަކާއި، ހިތްގައިމު ދޮންވެލި ތުނޑިއަކާ، މަލަފެހި ސާފު ރީތި ރަށެކެވެ. ރަށުގެ އާބާދީގައި

763 މީހުން ދިރިއުޅ ޭމިރަށަކ ީބޮޑުމިނުގައި 62.99 ހެކްޓަރ ހިމެނޭ ރަށެކެވެ. މިރަށުގައި ގްރޭޑ ް10ގެ ފެންވަރަށް ދެދަންފަޅިއަށް ކިޔަވައިދޭ ސްކޫލެއް ހުރެއެވެ. މިރަށުގެ ޞިއްޙީ މަރުކަޒުން 8 ގަޑިއިރު ޚިދުމަތް ދެމުން ދާއިރު ލެބޯޓްރީގެ ޚިދުމަތާއި، އަދި ޢާއްމުބަލިތަކާ ގުޅޭ ޓެސްތައް ހެދި ޑޮކްޓަރގެ ޚިދުމަތް ލިބެމުން ދެއެވެ. މިރަށުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމަށް އާރ ޓީއެލް، ފެރީގެ ޚިދުމަތް ލިބެމުންދެއެވެ. ފެނަކަ ކޯޕަރޭޝަނުން ރަށުގެ ރައްޔިތުންނަށް 24ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދެއްވަމުން ގެންދަވައެވެ. މިދެންނެވި ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް ސިވިލްސަރވިސް މުވައްޒަފުންނާ ކޮންޓްރެކްޓް، ކުންފުނިތަކުގެ މުވައްޒަފުންނާއެކު ގާތްގަނޑަކަށް 115 މުވައްޒަފުން މަސައްކަތް ކުރައްވައެވެ.މިރަށަކީ އިޖްތިމާއީ ގޮތުންނާއި ރަށުގެ ތަރައްޤީއަށް ކުރެވޭ އެކި ކަންކަމުގައި ރަށުގެ ކައުންސިލާ ގުޅިގެން މަސައްކަތްކުރާ ގާނޫނާއި، ޤަވާއިދުތަކަށް ޙުރުމަތްތެރިކޮން ހިތާ އެއްބައިވަންތަ ރައްޔިތުން ދިރިއުޅޭ ރަށެކެވެ. 

ލާމަރުކަޒީ ޤާނޫނުގެ ދަށުން އުފެދިފާވާ ބިލެތްފަހީ ކައުންސިލްގައި 05 މެންބަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގައި 5 މެންބަރުން ތިއްބަވައެވެ. އަދ ިސިވިލްސަރވިސް މުވައްޒަފުންނާއި، ކޮންޓެކްޓް މުވައްޒަފުން ހިމެނޭގޮތުން މިކައުންސިލްގައި 42 މުވައްޒަފުން މަސައްކަތް ކުރައްވައެވެ. މިރަށުގެ ރަށްވެހި އަދި ޘަޤާފީ މަސައްކަތެއްގެ ގޮތުގައި މަޝްހޫރުވެފާވަނީ ރުކުފަތި ވިޔުމުގެ މަސައްކަތެވެ. މިރަށުގެ ރައްޔިތުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކީ ކިއްސަރުވަޑާންކުރުމުމެވެ. އަންހެނުން ކުރާ މައިގަނޑު މަސައްކަތަކީ ފަންގިވިނުމުގެ މަސައްކަތެވެ.

ރަޖިސްޓަރޑްދިރިއުޅޭބިދޭސީން

އިތުރު ރަށްތައް