logo
fuel terminal

ށ. ފުނަދޫ

މިލަދުންމަޑުލުއުތުރުބުރީ މަރުކަޒީރަށް ށ.ފުނަދުއަކީ އަތޮޅުގެ އިރުމަތީ ބިތުގައިވާރަށެކެވެ. މިރަށް އޮންނަނީ އުތުރުން "53 '8 '6 ހުޅަގުން "26 '12 '73 ގައެވެ. މިހާރު ފުނަދޫގެ ބޮޑުމިނަކީ 120 ހެކްޓަރެވެ. ށ.ޅައިމަގުގައި ހުރި ށ.އަތޮޅުއޮފީސް މިރަށަށް ބަދަލުކުރައްވާ 01 ޖެނުއަރީ 1968 ގައި މިރަށުގައި ށ.އަތޮޅު އޮފީހުގެ ދިދަނެގިގެން ދިޔައިރު މިރަށަކީ ފަޅުރަށެކެވެ. ނަމަވެސް އެތާރީޚުން ފެށިގެން މިރަށަކީ މީހުން ދިރިއުޅޭ ރަށެއް ކަމުގައި ސަރުކާރުން ހަމަޖައްސެވުމަށްފަހު ށ އަތޮޅު އޮފީސް މިރަށުގައި ހިންގަވަން ފައްޓަވައި، މިރަށަށް ހިޖްރަކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލެއްވިއެވެ.

ރަށުގެ އާބާދީ

2779

ޕޯސްޓް ކޯޑު

03150

ބިމުގެ ބޮޑުމިން

0

އެންމެ ފުރަތަމަ މިރަށަށް ހިޖްރަކުރީ 03 މާރޗް 1970 ގައި ނ. ބޮމަސްދޫގެ ރައްޔިތުންގެ ތެރެއިން ބައެކެވެ. އޭގެ ފަހުން ސަރުކާރުން ހިންގެވި އާބާދީއާއި  ތަރައްޤީއެއްފަސްކުރުމުގެ މަޝްރޫޢުގެ ދަށުން 2004 ވަނަ އަހަރު އޮގަސްޓްމަހުގެ ނިޔަލަށް ށ.ފިރުނބައިދޫގެ ހުރިހާ ރައްޔިތުން މިރަށަށް ބަދަލުކުރައްވާ މިރަށުގައި އާބާދުކުރެއްވިއެވެ. އަދި ށ މާކަނޑޫދޫ، ށ ނޫމަރާ، ށ. ކޮމަންޑޫ، ށ ޅައިމަގު އަދި ށ މާއުނގޫދޫ ރައްޔިތުންގެ ތެރެއިން މިރަށަށް ބަދަލުވާން އެދުނު ހުރިހާ ރައްޔިތުން 2009 ވަނަ އަހަރުގެ ނިޔަލަށް މިރަށަށް ބަދަލުކުރައްވާ މިރަށުގައި އާބާދުކުރައްވާފައިވެއެވެ.

މިރަށަށް ކުރިން ކިޔަމުން އައީ "ފަރުކޮޅު ފުނަދޫ" އެވެ. އެއީ މިރަށާއިއެއްފަޅެއްގެތެރޭގައި އެއްފަރަކުން ގުޅިފައިއޮންނަ ޤުދުރަތީ ގޮތުން މިރަށާއި އެއް ސިފަތަކެއް ލިބިފައިވާ ފަޅުރަށެއްކަމުގައިވާ "ށ.ފަރޮކޮޅާއި" ގުޅުވާފައެވެ. އެހެންނަމަވެސް އޭރު ކިޔެމުންއައި ނަން ''ފަރުކޮޅުފުނަދޫ'' މިނަމުން "ފުނަދޫ " މިނަމަށް ސަރުކާރުން ބަދަލުކުރައްވާފައިވަނީ 12 މާރޗް 1995ގައެވެ.

މީހުން ދިރިއުޅުމަށްޓަކައި މިރަށުން 610ގޯތި ދޫކުރެވިފައިވާއިރު އޭގެތެރެއިން މީހުން ދިރިއުޅެނީ 484 ގޯތީގައެވެ. މީހުން ދިރިއުޅުމަށް އެންމެފަހުން މިރަށުން ގޯތި ދޫކުރެވިފައިވަނީ 2013 ވަނަ އަހަރުއެވެ. 2023 ވަނަ އަހަރުގެ ޖުލައިމަހުގެ ނިޔަލަށް މިރަށުގެ އާބާދީއަކީ 1406 އަންހެނުންނާއި 1356 ފިރިހެނުނުންނާއިއެކު ޖުމްލަ 2762 މީހުންނެވެ.

ފުނަދޫގެ މީހުން ދިރިއުޅުމަށްކުރާ މައިގަޑު މަސައްކަތަކީ މަސްވެރިކަމެވެ. ފަރުމަހުގެ މަސްވެރިކަމަށް، ޚާއްސަކޮށް ހިބަރުގެ މަސްވެރިކަމަށް މިރަށަކީ މިސަރަޙައްދުން ފާހަގަ ކޮށްލެވޭ ރަށެކެވެ. އަދި މިރަށަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ޤާއިމްކުރެވިފައިވާ ރަށަކަށްވާތީ ސަރުކާރުގެ ވަޒީފާގައި ގިނައަދަދެއްގެ މީހުންހަރަކާތްތެރިވެއެވެ. ބިމުގެ ދަތިކަން ކުރިމަތިވެފައިވީނަމަވެސް ދަނޑުވެރިކަން ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެމަސައްކަތްކުރުމަށްޓަކައި 36 ބިމެއް ރަށުން ދޫކުރެވިފައިވެއެވެ.

ރަޖިސްޓަރޑްދިރިއުޅޭބިދޭސީން

އިތުރު ރަށްތައް