ކޮންމެ އަހަރަކުވެސް ކޯޑިނޭޓިންގ ކޮމެޓީން ކަނޑައަޅާ ގޮތެއްގެ މަތިން ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލަންވާނެއެވެ. މިކަން ކުރާނީ އަތޮޅުގެ ހުރިހާ ރަށެއްގައި އާންމުކޮށް އިޢުލާން ކޮށްގެންނެވެ.
ލޯނަށް އެދޭފޯމް ރަށު ކައުންސިލްގެ އިދާރާއިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އެރަށެއްގެ ރަށު ކައުންސިލް އިދާރާގެ ޒިންމާއެކެވެ.
ފޯމް ބަލައިގަންނާނީ އެރަށެއްގެ ރަށު ކައުންސިލް އިދާރާއަށެވެ.
ލޯނަށް އެދޭ ފަރާތްތަކުން ލޯނަށް އެދި ހުށައެޅުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 30 ދުވަހެވެ. އަދި ފޯމް ހުށައެޅުމުގެ މުއްދަތު ހަމަވާތާ 30 ދުވަހުގެ ތެރޭގައި ފޯމްތައް އަތޮޅު ކައުންސިލް އިދާރާއަށް ފޮނުވުމަކީ ރަށު ކައުންސިލްތަކުގެ ޒިންމާއެކެވެ.