ތަން: | މީޓިންގ ރޫމް/ މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ އިދާރާ |
ތާރީޚާއި ގަޑި: | 11 މެއި 2023 ، ބުރާސްފަތި ހެނދުނު: 10:00 (އޮންލައިން މީޓިންގ) |
އެޖެންޑާ
- ސަރުކާރުގެ ފަރާތުން ހުށައަޅާ ކަންކަން
- ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ ފަރާތުން ހުށައަޅާ ކަންކަން
- ކައުންސިލްގެ އިދާރާއިން ހުށައަޅާ ކަންކަން
- 2022ވަނަ އަހަރު ސްޓޭޓް ހައުސް މަރާމާތުކުރުމަށް ހޯމް މިނިސްޓްރީން ދިންފައިސާގެ ތެރެއިން ގާޑެންލައިޓް ހަރުކުރުމަށް ބާކީކުރި ފައިސާ މި އަހަރުގެ ބަޖެޓްގައި ހިމެނުމަށްފަހު ޚަރަދުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ކުނިމެނޭޖްކުރުމާއި، އާމްދަދަނީ ހޯދޭނެގޮތްތައް ބަލާ ތަޖުރިބާ ހޯދުމަށް ސްރީލަންކާއަށް ކުރުމަށް ހަމަޖެހިފައިވާ ތަޖުރިބާ ދަތުރާއި ގުޅޭ ގޮތުން މަޝްވަރާކުރުން.
- ށ.އަތޮޅު ޤުރުއާން މުބާރާތުގެ ޤަވާއިދު 2023 ޑްރާފްޓަށް ރަށްރަށުގެ ސްކޫލުތަކުގެ ޚިޔާލަށް ހުޅުވާލެވުނު ފުރުޞަތުގައި ހުށަހެޅުނު އިޞްލާޙުތަކާ ބެހޭގޮތުން މަޝްވަރާކޮށް ޤަވާޢިދު ފާސްކުރުން
- ކައުންސިލަރުން ހުށައަޅުއްވާ ކަންކަން
4.1 – ހުށަހެޅި ފަރާތް: އަޙްމަދު ރައިސަމް ށ.ފޭދޫ ކައުންސިލުގެ ރައީސް
– މައްސަލަ: އަތޮޅު އެތެރެވަނީގެ އިގްތިޞާދަށް މަގުފަހިކުރުމަށް، މީހުން ދިރިއުޅޭ ރަށްރަށާއި، ރިސޯޓްފަހަރާ ދެމެދުގައި ކުނި އުފުލުމުގެ ޖާގަ ގާނޫނުން ފަހިކޮށްދިނުމަށް ގޮވާލާ ޤަރާރާ ގުޅޭގޮތުން މަޝްވަރާކޮށް ފާސްކުރުން.
4.2 – ހުށަހެޅި ފަރާތް: މުޙައްމަދު މުސްތަރުޝިދު ށ.ނަރުދޫ ކައުންސިލުގެ ރައީސް
– މައްސަލަ: އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ކުއްޔަށްދޭ ކޮޓަރިތައް ކުއްޔަށް ދިނުމުގައި ނަގާ ރޭޓްތައް އަތޮޅުކައުންސިލުގެ މެންބަރުންނާއި، އަތޮޅު ރަށްތަކުގެ ކައުންސިލްތަކުގެ އިދާރާ އާއި، އެހެނިހެން ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކުގެ ތެރެއިން އަތޮޅުކައުންސިލުގެ ނުވަތަ އަތޮޅު ކައުންސިލާއި، އެހެން ފަރާތްތަކާ ގުޅިގެން ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވާ ފަރާތްތަކަށް ވަކި ޚާއްޞަ އަގުތަކެއް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- އިދާރީ މައްސަލަތައް
މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 69ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
- ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން
ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތަކަށް ވޯޓަށް އެހުން ކުރިޔަށްގެންދާނީއެވެ.
09 މެއި 2023