ކާޑު ޕްރިންޓްގެ ޚިދުމަތް ދިނުމަށާއި، ޚިދުމަތުގެ އަގު ކަނޑައެޅުން 14/2023


ނަންބަރު: (N)227-2023/14 

ކައުންސިލްގެ ނިންމުން

  • ހުށަހެޅުން: އަތޮޅުކައުންސިލުގައި ބޭނުންކުރަމުންދާ ކާޑު ޕްރިންޓަރ އިން އާމްދަނީ ލިބޭގޮތަށް ޕްރިންޓުގެ ޚިދުމަތްދިނުމާ ގުޅޭގޮތުން މަޝްވަރާކުރުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

އަތޮޅުކައުންސިލުގައި ބޭނުންކުރަމުންދާ ކާޑު ޕްރިންޓަރުން އާމްދަނީ ލިބޭގޮތަށް ޕްރިންޓްގެ ޚިދުމަތްދިނުމަށާއި، ކާޑު ޕްރިންޓްކުރުމުގެ ޚިދުމަތުގެ ފީ އަމިއްލަ ކާޑުގައި 100 ރުފިޔާ އަށް އަދި ކާޑު ދިނުމުން 80 ރުފިޔާ ކަނޑައެޅޫމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2023 އޭޕްރީލް 13ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 67ވަނަ ޢާއްމު ޖަލްސާއިންނެވެ.

13 އޭޕްރީލް  2023