13/2023ޖަމިއްޔާތަކުން އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމު ހިންގުމަށް ހުށަހަޅާ ޕްރޮޕޯސަލް އިވެލުއޭޓްކުރާނެ ކްރައިޓީރިއާ ފާސްކުރުން


ނަންބަރު: (N)227-2023/13 

ކައުންސިލްގެ ނިންމުން

  • ހުށަހެޅުން: ޖަމްޢިއްޔާތަކުން ރާވާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމުތަކަށް މާލީއެހީ ދިނުމުގެ އުޞޫލު ފާސްކުރުމާ ގުޅޭ ނިންމުން ނަންބަރު (N)227-2023/08 (9 މާރިޗު 2023) ބާޠިލުކޮށް، ޕްރޮޕޯސަލް އިވެލުއޭޓްކުރާނެ ކްރައިޓީރިއާ ގުޅޭގޮތުން މަޝްވަރާކޮށް ފާސްކުރުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

ޖަމްޢިއްޔާތަކުން ރާވާ އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމުތަކަށް މާލީއެހީ ދިނުމުގެ އުޞޫލު ފާސްކުރުމާ ގުޅޭ ނަންބަރު (N)227-2023/08 ނިންމުން ބާޠިލުކުރުމަށާއި، ޕްރޮޕޯސަލް އިވެލުއޭޓްކުރާނެ ކްރައިޓީރިއާ އިދާރީ ޔުނިޓުން ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2023 އޭޕްރީލް 6ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 66ވަނަ ޢާއްމު ޖަލްސާއިންނެވެ.

06 އޭޕްރީލް  2023