ނަންބަރު: (N)227-2023/12
ކައުންސިލްގެ ނިންމުން
- ހުށަހެޅުން: ރަށްރަށުގެ ކުނި މެނޭޖުކުރުން ހަރުދަނާކުރުމުގެ ޕްރޮގްރާމަށް އަތޮޅުކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭނެ އުސޫލެއް ކަނޑައެޅުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
- ހުށަހެޅީ: އަޙްމަދު އިބްރާހީމްފުޅު ށ.ފުނަދޫ ކައުންސިލްގެ ރައީސް
- ތާޢީދުކުރެއްވީ: ޢަބްދުﷲ ޢާޞިފް ށ. ފޯކައިދޫ ކައުންސިލްގެ ރައީސް
ށ.އަތޮޅު “ރަށްރަށުގެ ކުނި މެނޭޖްކުރުމަށް އެހީތެރިކަން ދިނުމުގެ އުޞޫލު” އިދާރީ ޔުނިޓުން ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2023 އޭޕްރީލް 6ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ މީޓިންގ ރޫމުގައި ބޭއްވުނު މި ކައުންސިލްގެ 4ވަނަ ދައުރުގެ 66ވަނަ ޢާއްމު ޖަލްސާއިންނެވެ.
06 އޭޕްރީލް 2023