ނަންބަރު: (N)227-2023/10
ކައުންސިލްގެ ނިންމުން
- ހުށަހެޅުން: ށ.އަތޮޅުކައުންސިލުގެ ރައީސް މުޙައްމަދު ޝިޔާމަށް 30 މާރިޗު 2023 އިން 14 މެއި 2023 އަށް 30 ދުވަހުގެ ޗުއްޓީ ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 119 ވަނަ މާއްދާ އާއި، ކައުންސިލުގެ ހިންގާ ޤަވާޢިދުގެ 12ވަނަ މާއްދާގައިވާ ގޮތުގެމަތީން 30 މާރިޗު 2023 އިން ފެށިގެން 14 މެއި 2023 އަށް 30 ދުވަހުގެ އަހަރީ ޗުއްޓީ ށ.އަތޮޅުކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމަށް ދިނުމަށާއި، ރައީސް ޗުއްޓީގައި ހުންނަވާ ދުވަސްތަކުގައި ކައުންސިލް ހިންގުން ނާއިބުރައީސް އަޙްމަދު ރައިސަމް އާ ޙަވާލުކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2023 މާރިޗު 29ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ މީޓިންގ ރޫމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 65ވަނަ ޢާއްމު ޖަލްސާއިންނެވެ.
29 މާރިޗު 2023