ސީޒޯން ލައިސަން އުސޫލު ފާސްކުރުން 7/2023


ނަންބަރު: (N)227-2023/07 

ކައުންސިލްގެ ނިންމުން

  • ހުށަހެޅުން: ރަށްރަށުން ހުށަހަޅާފައިވާ ސީ-ޒޯން ލައިސެންސްގެ ޝެޑިއުލް އާއި ގުޅޭގޮތުން މަޝްވަރާކޮށް ޝެޑިއުލް ފައިނަލްކޮށް، އުޞޫލައް ކޮމެޓީން ގެނައި އިސްލާޙާއެކު ފާސްކުރުން
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

ރަށްރަށުން ހުށަހަޅާފައިވާ ސީ-ޒޯން ލައިސެންސްގެ ޝެޑިއުލް އާއި ގުޅޭގޮތުން މަޝްވަރާކޮށް ޝެޑިއުލް ފައިނަލްކޮށް، “ށ.އަތޮޅުގެ ރަށްރަށުގައި އެއްގަމާއި، ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގުމަށް ބޭނުންވާ އިމްތިޙާނު ދިނުމުގެ އިދާރީ އުޞޫލު” އަށް ކޮމެޓީގެ މަރުޙަލާގައި ގެނެވުނު އިސްލާޙާއެކު ފާސްކުރުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2023 މާރިޗު 09ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު  މިކައުންސިލްގެ 4ވަނަ ދައުރުގެ 63ވަނަ ޢާއްމު ޖަލްސާއިންނެވެ.

09 މާރިޗު 2023