ނަންބަރު: (N)227-2023/06
ކައުންސިލްގެ ނިންމުން
- ހުށަހެޅުން: އައު އޮނިގަނޑަށް އިދާރާގެ މަސައްކަތްތައް ބަދަލުކުރުމަށް އެކަށީގެންވާ ޖާގަނެތުމުން އިމާރާތައް ބަޔެއް އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
- ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
- ނިމުނުގޮތް:
އިދާރާގެ އެތެރޭގެ މާރާމާތަށް ބަޖެޓުގައި ހިމަނާފައިވާ 300,000/- ރުފިޔާ އާއި، ސޯލާ ޕެނަލް ހަރުކުރުމަށް އިދާރާގެ ބަޖެޓުގައި ހިމަނާފައިވާ 400,000/- ރުފިޔާ، އައު އޮނިގަނޑަށް އިދާރާގެ މަސައްކަތްތައް ބަދަލުކުރުމަށް އެކަށީގެންވާ ޖާގަނެތުމުން ޢިމާރާތަށް ބަޔެއް އިތުރުކުރުމަށް ހަރަދުކުރުމަށް ފެނެއެވެ.
މިގޮތަށް ނިންމާފައިވަނީ 2023 މާރިޗު 9ވަނަ ދުވަހުގެ ހެނދުނު 10:00 ގައި މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު މިކައުންސިލްގެ 4ވަނަ ދައުރުގެ 63ވަނަ ޢާއްމު ޖަލްސާއިންނެވެ.
9 މާރިޗު 2023