މިލަދުންމަޑުލު އުތުރުބުރީ ލޯކަލް އޮތޯރިޓީ ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގެ ކޮމްޕޮސިސަން އެކުލަވާލުން 5/2023


ނަންބަރު: (N)227-2023/05 

ކައުންސިލްގެ ނިންމުން

  • ހުށަހެޅުން: މިލަދުންމަޑުލު އުތުރުބުރީ ލޯކަލް އޮތޯރިޓީ ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގެ ކޮމްޕޮސިޝަން އެކުލަވާނެ ގޮތަކާމެދު ގޮތެއް ނިންމުމާއި، ކުންފުނީގެ ސެކްރެޓަރީއަކަށް މީހަކު އައްޔަންކުރުމާމެދު މަޝްވަރާކުރުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

މިލަދުންމަޑުލު އުތުރުބުރީ ލޯކަލް އޮތޯރިޓީ ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭނީ 1 މިނިވަން ޑިރެކްޓަރ، 1 ކައުންސިލް ޑިރެކްޓަރ،  1 މެނޭޖިންގ ޑިރެކްޓަރގެ މައްޗަށް އެކުލެވޭ، ޖުމުލަ 3 މެންބަރުންނެވެ.

މިގޮތަށް ނިންމާފައިވަނީ 2023 ފެބުރުވަރީ 16ވަނަ ދުވަހުގެ ހެނދުނު 10:00 ގައި  މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ މީޓިންގ ރޫމުގައި އޮންލައިންކޮށް ބޭއްވުނު  މިކައުންސިލްގެ 4ވަނަ ދައުރުގެ 62ވަނަ ޢާއްމު ޖަލްސާއިންނެވެ.

16 ފެބްރުވަރީ 2023