ފަޅުވެރި މުޙައްމަދު ސުލައިމާން ވަޒީފާއިން މުސްކުޅިކުރުން- 4/2023


ނަންބަރު: (N)227-2023/04

ކައުންސިލްގެ ނިންމުން

  • ހުށަހެޅުން: ފަޅުވެރި މުޙައްމަދު ސުލައިމާން އުމުރުން 55 އަހަރުވެފައިވާތީ، އާއި، ޞިއްޙީ ޙާލަތު ހުރިގޮތުން ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވާތީ، ސިވިސްލ ސަރވިސް ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރުމާ ގުޅޭގޮތުން ކައުންސިލުގައި މަޝްވަރާކޮށް ގޮތެއް ނިންމުން.
  • ހުށަހެޅުން ފޮނުވި ފަރާތް: ށ.އަތޮޅުކައުންސިލްގެ އިދާރާ
  • ނިމުނުގޮތް:

ލާންޗު ފަޅުވެރި މުޙައްމަދު ސުލައިމާން (ރކ. ނަންބަރު 36604) ބަލިޙާލު ހުރިގޮތުން ވަޒީފާގެ މަސްޢޫލިއްޔަތު އަދާކުރުމަށް އުޒުރުވެރިވާތީ، އާއި، އޭނާގެ މެޑިކަލް ރިޕޯޓުގައި އެކަން ފާހަގަކޮށްފައިވާތީ، ސިވިލް ސަރވިސްގެ ޤަވާޢިދުގެ 229ވަނަ މާއްދާގައިވާ ގޮތުގެމަތީން ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކޮށް ވަކިކުރުމަށް އެ ކޮމިޝަނަށް ހުށަހެޅުމަށް ފެނެއެވެ.

މިގޮތަށް ނިންމާފައިވަނީ 2023 ފެބުރުވަރީ 16ވަނަ ދުވަހުގެ ހެނދުނު 10:00 ގައި  މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުގެ މީޓިންގ ރޫމުގައި އޮންލައިންކޮށް ބޭއްވުނު  މިކައުންސިލްގެ 4ވަނަ ދައުރުގެ 62ވަނަ ޢާއްމު ޖަލްސާއިންނެވެ.

16 ފެބްރުވަރީ 2023