އެންމެ ފުރަތަމަ އިންތިޚާބުކުރެވުނު ކައުންސިލް މެންބަރު ހުވާކުރި ދުވަހުގެ ގޮތުގައި ފާހަގަކުރެވެމުންދާ ލާމަރުކަޒީ ދުވަސް މިއަދު ހަވީރު އަތޮޅުކައުންސިލުގެ މުވައްޒަފުން ފާހަގަކޮށްފިއެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ފުނަދޫ ބީޗް ސަރަޙައްދުގައި ބޭއްވުނު މި ޙަރަކާތްތައް ކުރިޔަށް ގެންދެވިފައިވަނީ ށ.އަތޮޅުކައުންސިލް މުވައްޒަފުންނާއި، އެލް.އާރު.އޭ މުވައްޒަފުންނާއި، ހޯމް މިނިސްޓްރީގެ މުވައްޒަފުން ދެ ޓީމަކަށް ބަހާލައިގެންނެވެ. އެ ގޮތުން އޮޕްޓިކަލް ރޭސް ބްލޫ ޓީމާއި، ޕިންކް ޓީމުގެ އަންހެން މުވައްޒަފުން ވަކިން ވާދަކުރެވިފައިވެއެވެ. ކްއިޒް މުބާރާތާއި، ވައުދެމުމުގެ މުބާރާތް ގެންދެވިފައިވަނީ ނޫ ޓީމާއި، ފެހިޓީމާ ވާދަކުރާ ގޮތަށެވެ. އޮޕްޓިކަލް ރޭހުން ބްލޫ ޓީމު ކާމިޔާބު ކުރިއިރު، ކްއިޒް މުބާރާތުންނާއި، ވައުދެމުން ކާމިޔާބުކޮށްފައިވަނީ ޕިންކް ޓީމުންނެވެ.
ފޯރިޔާއެކު ކުރިޔަށްގެންދެވުނު މި ޙަރަކާތްތަކުގައި މުވައްޒަފުންނާއެކު ށ.އަތޮޅުކައުންސިލްގެ ރައީސާއި، ސީނިޔަރ ކައުންސިލް އެގްޒެކެޓިވް މުޙައްމަދު ޙަމީދާއި، ސީނިޔަރ ސްޓާފުން ޢަމަލީގޮތުން ބައިވެރިވެލެއްވިއެވެ. ޝަރަފުވެރިއެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ފުނަދޫ ބްރާންޗުގެ މެނޭޖަރ ބައިވެރިވެވަޑައިގެން ޙަރަކާތްތައް ބައްލަވާލެއްވިއެވެ.