އިންޓަރނޭޝަނަލް ރިޕަބްލިކް އިންސްޓިޓިއުޓް (އައި.އާރު.އައި) އާއި، ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއި، ށ.އަތޮޅު ކައުންސިލާއި، ޔޫ.އެސް.އެއިޑާ ގުޅިގެން 2023 ފެބުރުވަރީ 20 އިން 21 އަށް ށ.ފުނަދޫ ގައި ޑީސެންޓްރަލައިޒޭޝަން ޕޮލިސީ ފޯރަމެއް ބާއްވައިފިއެވެ.
ހއ. ހދ. ށ. ނ. ރ. އަތޮޅުގެ އަތޮޅު ކައުންސިލްގެ ރައީސާއި، ބައެއް ރަށުކައުންސިލްތަކުގެ ރައީސުންނާއި، ކޮންމެ އަތޮޅަކުން ޑަބްލިއު.ޑީ.ސީގެ ރައީސަކަށް އަމާޒުކޮށްގެން ހިންގުނު މި ފޯރަމުގައި 5 އަތޮޅުން 29 ފަރާތަކުން ބައިވެރިވެފައި ވެއެވެ.
މި ފޯރަމުގައި ރަށުގެ ތަރައްޤީގެ ޕްލޭނާއި، ލޭންޑްޔޫސް ޕްލޭން ތައްޔާރުކުރުމުގައި ދިމާވާ ގޮންޖެހުންތަކާއި، މުޖުތަމަޢުގެ ބައިވެރިވުން ކަށަވަރުކުރުމާއި، ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށް ހުރި ގޮންޖެހުންތައް އަދި ފިޒިކަލް ފޯމިއުލަރ ބްލޮކް ގްރާންޓާ ގުޅޭގޮތުން އައި.އާރު.އައި އިން ބައިވެރިންނަށް މަޢުލޫމާތު ދީ، ޑިސްކަޝަންތައް ގެންގޮސްފައިވާއިރު، އެލް.ޖީ.އޭ އިން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހިންގުން ހަރުދަނާކުރުމާއި، ސަރުކާރުގެ އިދާރާތަކުން ކައުންސިލްތަކަށް ލިބެންޖެހޭ އެއްބާރުލުމާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެއްވާފައެވެ. އަދި އޭގެ އިތުރުން މި ފޯރަމުގައި އިންޓަރނޭޝަނަލް ފައުންޑޭޝަން ފޯރ އިލެކްޓޯރަލް ސިސްޓަމްސް (އައި.އެފް.އީ.އެސް)ގެ ފަރާތުން ލީފްލެޓް ލާންޗު ކޮށްފައިވެއެވެ.