ށ.އަތޮޅުކައުންސިލުގެ 4ވަނަ ދައުރުގެ 55ވަނަ ޢާއްމު ޖަލްސާގެ ދަޢުވަތު


ތަން: މީޓިންގ ރޫމް/ށ.އަތޮޅުކައުންސިލްގެ އިދާރާ
ތާރީޚާއި ގަޑި: ‏10 ނޮވެންބަރު 2022 ، ބުރާސްފަތި،    ހެނދުނު:  10:00

އެޖެންޑާ

  1. ސަރުކާރުގެ ފަރާތުން ހުށައަޅާ ކަންކަން 
  1. ލޯކަލްގަވަރުމަންޓް އޮތޯރިޓީގެ ފަރާތުން ހުށައަޅާ ކަންކަން
  1. ކައުންސިލްގެ އިދާރާއިން ހުށައަޅާ ކަންކަން 
  • ޤައުމީ ޤުރުއާން މުބާރާތުގައި ވާދަކުރުމަށް ށ. އަތޮޅު ކައުންސިލުގެ ޓީމުގައި މާލެ ދިއުމަށް ހަމަޖެހިފައިވާ އޮފިޝަލުންނާއި، ދަރިވަރުންނަށް މާލީއެހީ ދިނުމާ ބެހޭގޮތުން މަޝްވަރާކުރުން.
  • ށ. މާއުނގޫދޫ އތމ. ކޮމެޓީއަށް ދެވުނު މާލީއެހީގައި ދީނީ ނަޞޭޙަތް ދިނުމުގެ ޕްރޮގްރާމެއް ހިންގުމުގެ ބަދަލުގައި ށ. މާއުނގޫދޫގައި މޫދަށް އެރި ޕިކްނިކް ގޮސް އުޅޭ ސަރަހައްދު އިތުރަށް ތަރައްޤީކުރުމަށް އެ ފައިސާ ޚަރަދުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
  • އަތޮޅުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު ނެގުމުގައި ދިމާވެފައިވާ މައްސަލާގައި މަޢުލޫމާތު ސާފުކޮށްދިނުމަށް ނޫސްބަޔާނެއް ނެރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
  • ވިސްލްބްލޫ ކުރާ ފަރާތްތައް ރައްކާތެރިކުރުމާ ބެހޭ އުޞޫލު ފާސްކުރުން.
  1. ކައުންސިލަރުން ހުށައަޅުއްވާ ކަންކަން
  1. އިދާރީ މައްސަލަތައް
    • މިލަދުންމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ 4ވަނަ ދައުރުގެ 54ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
  1. ވޯޓަށް އަހާ ކަންކަމަށް ވޯޓަށް އެހުން

ވޯޓަށް އަހަންޖެހޭ ހިސާބަށް ގެންދެވޭ މައްސަލަތަކަށް ވޯޓަށް އެހުން ކުރިޔަށްގެންދާނީއެވެ.

‏           07 ނޮވެންބަރު 2022