މޮޓޯ ސައިކަލް ސިޓީލައި ނީލަމުގައި ވިއްކާލުން


އިއުލާން ނަންބަރ: (IUL)227-GA/227/2017/4

މިއިދާރާގެ ނަންބަރު (IUL)227-GA/227/2017/3 (09 ފެބުރުއަރީ 2017) އިޢުލާން މުއްދަތު ހަމަވިއިރު އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން މިއިދާރާގެ 1 މޮޓޯ ސައިކަލް  ސިޓީލައި ނީލަމުގައި ވިއްކާލުމަށް ހުށައަޅަމެވެ.

މޮޓޯ ސައިކަލްއާބެހޭ މަޢުލޫމާތު:

ނީލަން ނަންބަރު ބާވަތް ސީރިއަލް ނަންބަރު
1 މޮޓޯ ސައިކަލް މޮޑެލް ނަންބަރު DY100A DY150FMG00064590

 

މޮޓޯ ސައިކަލްގެ ނީލަން ފެށޭއަގަކީ -/1000 ( އެއްހާސް ) ރުފިޔާއެވެ. އަދި ފަހަރަކު އިތުރުކުރެވޭނީ މަދުވެގެން -/50 ( ފަންސާސް) ރުފިޔާއެވެ. ކޮންމެ ދުވަހަކުވެސް ހުށައެޅޭ އެންމެ މަތީއަގު އެދުވަހެއްގެ 14:00ގެ ފަހުން މިއިދާރާގެ ނޯޓިސްބޯޑުންނާއި މިއިދާރާގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް  ނީލަން ނިމޭނެއެވެ.

މި ސައިކަލަކީ ރަޖިސްޓްރީ ބާތިލްވެފައިވާ ސައިކަލަކަށްވާތީ، އަލުން ރަޖިސްޓްރީކުރުމަށާއި، އަދި އެހެންވެސް ޖޫރިމަނާއެއް އޮތްނަމަ އެޖޫރިމާނާއެއްގެ ކަންކަން ނިންމަންޖެހޭނީ ނީލަމުން ސައިކަލް ނަންގަވާ ފަރާތުންނެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވުމަށް އެދިލައްވާ ފަރާތްތަކުން 2017 ފެބުރުވަރީ 21 ވާ އަންގާރަ ދުވަހުގެ 9:00 ން ފެށިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާނީ އެކަމަށް މިއިދާރާއިން ކަނޑައަޅާފައިވާ ފޯމްގައެވެ. މިފޯމް މިއިދާރާއިންނާއި އަދި މިއިދާރާގެ ވެބްސައިޓް www.shaviyani.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އަގު ހުށަހަޅާ ފޯމް ރަސްމީ ދުވަސް ދުވަހުގެ މެންދުރުފަހު 13:30ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ ފެކްސް އަދި އީމެއިލްގެ ޒަރީއާއިންވެސް ހުށައެޅިދާނެއެވެ. ފެކްސް ނަންބަރަކީ 6540057 އަދި އީމެއިލް އެޑްރެހަކީ neelan@shaviyani.gov އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އަދި ސައިކަލް ބެއްލެވުމަށް ގުޅުއްވާނީ މިއިދާރާގެ 6540038، 6540025 މި ނަންބަރު ފޯނާއެވެ.

23 ޖުމާދަލްއޫލާ 1438

20 ފެބުރުވަރީ  2017